Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 04:53
އާދީއްތަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮްގްރާމްގައި އަމީރު ވާހަކަ ދައްކަވަނީ
އާދީއްތަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮްގްރާމްގައި އަމީރު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ވެރިން މުއްސަނދިވުން
ސަރުކާރުގެ ވެރިން ބޭނުން ވަނީ ސަރުކާރު ބޭނުން ކޮށްގެން މުއްސަނދިވާން: އަމީރު
ސަރުކާރަށް ބާރު ލިބޭގޮތައް ޤާނޫނުތައް ބަދަލު ކުރީ އެކަމަށް
މިއީ ދެފުއް ފެންނަ ގޮތައް ކަންކަން ކުރާ ސަރުކާރެއް ނޫން
އެމްއެމްޕީއާރުސީގެ ވައްކަމަކީވެސް ދެފުއް ނުފެންނަ ގޮތައް ކަންކަން ކުރުމުން ހިނގި ކަމެއް

މިހާރު މިއޮތް ރައީސް ޔާމީންގެ ސަރުކާރުގެ ވެރިން ބޭނުން ވަނީ ސަރުކާރު ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ފައިދާތައް ހާސިލްކޮށް މުއްސަނދިނވާން ކަމަށް އެމްޑީޕީ އިގްތިޞޯދީ ކޮމެޓީގެ ނައިބު މުގައްރިރު އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ

އާދީއްތަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެނގޭނެ ފަދައިން މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޮޑެތި ޖަރީމާތައް ހިންގަމުން އައިސް މިހާރު މިފެންނަނީ ޤައުމު އެއްކޮށް ވިއްކާލާތަން ކަމަށެވެ. މިޤައުމުގެ ރަށްތައް މިޤައުމުގެ ފަޅުތައް ވިއްކާލާތަން ކަމަށެވެ.

އަމީރު އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، އެމްޑީޕީގެ ސަރުކާރު އޮތްއިރު ހެދިފައިވާ ޤާނޫނުތައް ފުރަތަމަ ދުވަހުން ފެށިގެންވެސް މިކަމަށްޓަކައި ސަރުކާރަށް ބާރުތައް ލިބޭގޮތައް  ބަދަލުކުރާން ފެށުން ކަމަށާއި އޭގެ ތެރޭގައި މާލިއްޔަތު ޤާނޫނާއި ބޭންކިން ޤާނޫނަށް ބަދަލު ގެނައުން ފާހަގަ ކުރެވޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ބޭނުންވެއްޖެ ހިނދެއްގައި ބަޔަކަށް ލޯނު ދިނުމާއި ސޮވެރިން ގެރެންޓީ ދިނުންފަދަ ކަންކަން ކުރެވޭ ކަމަށާއި އޭގެ އިތުރުން އެސްއީޒެޑް ޤާނޫނާ ބިން މިލްކުވެރި ކުރުމުގެ ޤާނޫނުފަދަ ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކުރިކަމަކީ ސިއްރުން ރަށްތައް ވިއްކާ ފައިސާ ހޯދުން ކަމަށެވެ. 

އަމީރު ވިދާޅުވީ އެކަމަކީ ނޭނގިގެން ކުރިކަމެއް ނޫން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެންވެސް އެނގިގެން މިދަނީ ސަރުކާރަކީ ރައްޔިތުންނަށް ޓްރާންސް ޕޭރެންޓްކޮށް ދެފުށް ފެންނަ ގޮތަކަށް ކަންކުރާ ސަރުކާރެއް ނޫން ކަމަށެވެ.

އަމީރު ވިދާޅުވީ އެމްއެމްޕީއާރުސީން ފެނުނު ވައްކަން ތަކަކީވެސް ދެފުށް ނުފެންނަ ގޮތަކަށް ކަންތައްތައް ކުރަމުންދާތީ ފެނިގެންދިޔަ ކަންތައްތަކެއް ކަމަށެވެ. ހަމައެގޮތައް ފ އަތޮޅު ވިއްކާލުމުގެ ކަންކަންވެސް ފެނިގެން މިދަނީ އެކިވަޒީރުން އެކިއިރު އެކިގޮތައް ވާހަކަ ދައްކަމުންދާތީ ކަމަށެވެ.

އަމީރު ވިދާޅުވީ ހުރިހާވެސް ބޭނުމަކީ ސަރުކާރު ބޭނުން ކޮށްގެން އަމިއްލަ މުއްސަނދިކަން ހޯދުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް