Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 04:14
މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް
މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް
އަޒުމޫން އަހުމަދު
ރާއްޖޭގެ ކާބަން ޕޮލިސީ
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
ކާބަން ނިއުޓްރަލް ކުރުމުގެ ހުވަފެން ވަނީ ނިމިފަ
މިހާރު އަމާޒަކީ ދިވެހިރާއްޖެ ލޯ ކާބަން އެމިޝަން ޤައުމަކަށް ހެދުން
ތަރައްގީއާ އެކު ޖައްވަށް ބޭރުވާ ގޭސް އިތުރުވުމަކީ ރާއްޖޭގެ ނިސްބަތުން މައްސަލައެއް ނޫން
މިހާރު ބޭނުންވަނީ ތަރައްގީވާން

ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ކުރުމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކިލެއްވި ހުވަފެންފުޅެއް ކަމަށާ، އެކަން މިހާރު ނިމި ހިނގަޖެއް ކަމަށާއި، މިހާރު ބޭނުންވަނީ ތަރައްޤީ ކަމަށް މިނިސްޓަރ އޮފް އެނަރޖީ އެންޑް އެންވާރަމަންޓް، ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ދި ގާޑިއަން ނޫހަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޠާރިޤު ވިދާޅުވީ، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ކުރުމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކިލެއްވި ހުވަފެންފުޅެއް ކަމަށާ، އެ ހުވަފެން މިއަދު ނިމިފައިވާ ކަމަށެވެ. އަދި ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތައް މިއަދު ބޭނުން ނުވާކަމަށާ،މިހާރު ބޭނުންވަނީ ތަރައްޤީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރީ ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމުގެ ބަދަލުގައި ދިވެހިރާއްޖެ ލޯ ކާބަން އެމިޝަން ޤައުމަކަށް ހެދުން ކަމަށެވެ.

ޠާރިޤު ވިދާޅުވީ، މޫސުމަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާ، ނަމަވެސް ދިވެހިން ތިބީ ދިވެހިރާއްޖެ ރާޅުތަކުގެ ތެރެއަށް ދޫކޮށްލަން ނޫން ކަމަށެވެ. އަދި މޫސުމީ ބަދަލުގެ ރެފިއުޖީންގެ ގޮތުގައި އެހެން ތަނަކަށް ހިޖުރަން ކުރަންވެސް ބޭނުން ނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހެން ހުރި ނަމަވެސް، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއްވެސް އަންނަކަން ޤަބޫކުކުރައްވާ ކަމަށެވެ. އެގޮތުން، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ހޭދަވުމާއި، ވާރޭ ފެން ލިބުން ދަތިވުން ހިމެނޭ ކަމަށާ، ވައި ގަދަވެ، ރާޅުތައް ބޮޑުވާކަން ފާހަގަ ކުރެވޭއިރު، ފެން ލޮނުވާ މިންވަރުވެސް އިތުރުވެ، އަވަސްވަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މި ކަންކަމުގެ ސަބަބުން، މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ކަންކަން މިހެން ހުރި ނަމަވެސް، މޫސުމީ ބަދަލަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ އެއް މައްސަލަ ކަމަށާ، މިވަގުތު އެންމެ ބޮޑު މައްސަލަ ތަކަކީ ފެނާއި، ނަރުދަމާ އާއި ގޮނޑުދޮށް ހިމާޔަތް ކުރުން ކަމަށެވެ.

ރާއްޖޭގައި އެކަށޭނަ ނަރުދަމާ ނިޒާމެއް ޤާއިމް ކުރެވިފައިވަނީ 31 ރަށުގައި ކަމާއި، ކުނި މެނޭޖް ކުރުމުގެ ވަޞީލަތް ޤާއިމް ކުރެވިފައިވަނީ 6 ރަށުގައި ކަން ފާހަގަ ކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ، މިވަގުތު ބޭނުންވަނީ ވަޢުދު ތަކަކާއި، ފޮނި ބަސްތަކެއް ނޫން ކަމަށާ، މިވަގުތު ބޭނުންވަނީ، ކަންކަން ކުރުން ކަމަށެވެ.

ސަރުކާރުން އުއްމީދު ކުރާ ތަރައްޤީގެ މަޝްރޫޢުތަކާއި އެކު ކްލައިމެޓް އެމިޝަން، ނުވަތަ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އިތުރުވެގެން ދާނެ ކަން ސަރުކަރުންވެސް ޤަބޫލުކުރާކަން ފާހަގަކޮށް ގާޑިއަންގައި ބުނެފައިވަނީ، ޖައްވައް ބޭރުވެގެންދާ އިތުރު ގޭސްތަކުގެ މައްސަލައިގައި ސަރުކާރުގެ ޖަވާބަކީ، ރާއްޖެ އަކީ ދުނިޔޭގެ ކްލައިމެޓް އެމިޝަންގެ ހިއްސާގެ ނިސްބަތުން ބަލާއިރު އެ ނިސްބަތަށް އެންމެ 0.003 އިންސައްތަ ހިއްސާކުރާ ޤައުމެއް ކަމުން ތަރައްޤީ ވުމުގެ ޙައްޤު ރާއްޖެއަށް އޮތް ކަން ކަމެވެ.

ސަރުކާރުން ބޭރުގެ މީޑިއާތަކުގައި ތިމާވެށީގެ ސިޔާސަތައް ބަދަލުގެނައިކަން ހާމަކޮށްފައިވާއިރު، މި ބަދަލާއި ގުޅޭގޮތުން ދިވެހި ރައްޔިތުންނަށް ތަފްޞީލް މަޢުލޫމާތު މީގެ ކުރިން ދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
6 މާރޗް 2017 | ހޯމަ 04:04
ކަނޑުގެ އަޑި
މިބޭފުޅުން ގެ ވިސްނުން އެބަ ޖެހޭ ނޭފަތު ކުރިޔަށް ވުރެން ދުރަށް ގެންދަން.! ތި ބުނާ ކަނޑު އަޑީގެ ބައްދަލުވުމަކީ މުހިއްމު ބައްދަލުވުމެއް! ކޮންމެ ގައުމެއްގެ ހަޔާތުގައި ވެސް އަންނާނެ މުހިއްމު ހިނދު ކޮޅުތަކެއް! އެ ކަނޑު އަޑީގެ ބައްދަލުވުމަކީ ދިވެހިންގެ ހަޔާތާ ދުނިޔޭގޭ ތާރީކާ ގުޅުވައިދިން މުހިއްމު އުފެއްދުންތެރި ބައްދަލުވުމެއް! އެ ބައްދަލުވުމާއި ގުޅުވައިގެން ކުރެވުނީ މޫސުމީ ބަދަލުތަކާޢި ގުޅީގެން ރާއްޖެ ދެކިފައިނުވާ ފަދަ މުހިއްމު މަސައްކަތްތަކެއް! އެމަސައްކަތްތައް މުޅި ދުނިޔެ އިން ބަލައިގަތީ މުހިއްމު ކަމެއްގެ ގޮތުގައި! މިހާރުވެސް ތިޔަ ތިމާވެށީގެ ވުޒާރާޢިން ހިންގާ ގިނަ މުހިއްމު ޕްރޮޖެކްޓް ތަކުގެ ފައިސާ އައިސްފައިވަނީ ތިޔާ ބުނާ ކަނޑު އަޑީގެ ބައްދަލުވުމުން ފެށުނު ގިނަ ގުނަ މަސައްކަތުން! އެކި މީހުން ކުރާނީ އެކި ކަހަލަ ކަންތައް! މިހާރު ވެރި ކަމުގައި ތިބީ މީޙުންގެ މިކަހަލަ އުފެއްދުންތެރި ކިޔާޅެއް ފިކުރެއް ނުހުރޭ! އެމީހުން ތަރައްގީ އޭ ކިޔާފަ މިކުރަނީ ހުސް ވައްކަން! ތަރައްގީ އަށް އިންސާނާ ގެ ސިކުނޑި ހުޅުވި އޭނާގެ ފިކުރު ބަދަލުވާންޖެހޭ! ތިބުނާ ކަނޑު އަޑީގެ ބައްދަލުވުމުގެ ސަބަބުން ދިވެހިންގެ ވިސްނުން މޫސޫމައި ގުޅޭ ކަންތަކުގައި ބަދަލުވެ ދިވެހިން ގެ ލޯހުޅޫވި މިކަމަށް ވިސްނާ ފިކުރުކޮށް މިކަމުގެ އިލްމީ ގޮތުން ހުރި ކަންތައްތައް ފަހުމް ވެގެން ދިޔަ! ކިތަންމެ ވަރަކަށް ކަނޑު އަޑީގެ ބައްދަލުވުން އެއީ ތާކުންތާޚު ނުޖެހޭ އެއްޗަކަށް ހަދަން އުޅުނަސް އެއީ ދުނިޔޭގެ ތާރީޚު ގެ ތެރެއަށް ގޮސްފައިވާ ދިވެހިންގެ މޮޅު އަދި އުފެއްދުންތެރި މުހިއްމު މަސައްކަތެއް! މިބޭފުޅާ ވެސް ގެސްޓް ހައުސް ހިނގުމުގަ އަވަދިނެތި އުޅުއްވަނީ! ދޯ