Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 04:08
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ގޫގުލް
ޓޫރިސްޓަކު ގެއްލުން
ޑައިވިނަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
އޭނާއަކީ އުމުރުން 45 އަހަރުގެ ފިރިހެނެއް

ފުވައްމުލަކު ޑައިވިން ޕޮއިންޓަށް ޑައިވް ކުރި ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަން ފަށައިފިއެވެ.

 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހު އިރުއޮއްސި 6:00 ހާއިރު ކަމަށެވެ.

 

ގެއްލުނު ޓޫރިސްޓް ހޯދުމުގެ މަސައްތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ސަދަން އޭރިޔާއގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 45 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޑައިވްއަށް ދިޔައީ ( ޕްރިންސް އޯލްޑްރޭ) ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް