ވެސްޓްހަމްއިން އިން ސަބިސްޓައިން ހެއިލާރ އެޓީމުގެ ރެކޯޑް ފީއަކާއެކު ގަނެފިއެވެ.
ސަބިސްޓައިން ވެސްޓްހަމް އަށް ބަދަލުވީ 45 މިލިއަން ޕައުންޑްގެ ރެކޯޑް ފީ އަކާއިއެކުއެވެ. މިއާއިއެކު ސަބިސްޓައިން ވެގެން ގޮސްފައިވަނީ ކުލަބްގެ ތާރީހުގައި އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށެވެ.
ސަބިސްޓައިން ވަނީ ވެސްޓްހަމްއާއިއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ވެސްޓްހަމްއަށް ސޮއި ކުރުމަށްފަހު ސަބިސްޓައިން ބުނީ ވެސްޓްހަމްއަށް ބަދަލުވުމަކީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފަން ތައްޔާރަށް ހުރިކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ރިކޯޑް ފީ އަކަށް ކުލަބަށް ބަދަލުވެވުމަކީ ލިބުނު ބޮޑު ޝަރަފެއްކަމަށާއި ވެސްޓްހަމްގެ ސަޕޯޓަރުން އެދޭފަދަ ކުޅުމެއް ދައްކަން ތައްޔާރަށް ހުރި ކަމަށެވެ.
އޭނާގެ ފަރާތުން ކުލަބަށް ފައިދާވާނެ ކަމުގެ ޔަގީންކަން ދެމުން އޭނާ ބުނީ ކުލަބުން އޭނާއަށް ދޭންޖެހޭ އެއްބާރުލުން ދެމުން ދާކަމަށާއި އެހެންކަމުން އެކަމުގެ ބަދަލު ދޭން އޭނާ މަސައްކަތް ކުރާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ މި ޓްރާންސްފާރ އަކީ ބޮޑު ޓްރާންސްފާރ އެއްކަން އޭނާ އަށް އިނގޭ ކަމަށާއި، ސަޕޯޓަރުން އޭނާގެ ފަރާތުން މޮޅު ކުޅުމެއް ދެކެން
ބޭނުންވާނެކަމަށެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރާނީ ސަޕޯޓަރުންގެ އުފާކޮށްދޭން ކަމަށެވެ.