ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ރައިޓް ބެކް ކިއެރެން އަށް އެތްލެޓިކޯއިން ބިޑް ކޮއްފި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ޒުވާން ޑިފެންޑަރ ބާންލޭއިން ޓޮޓެންހަމްއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. ޓޮޓެންހަމް އަށް 100 އަށް ވުރެ ގިނަ މެޗް ކުޅެދީފައިވާ ޑިފެންޑަރ ވަނީ މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ވެސް ކުޅެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކިއެރެން ވެގެންދާނީ އެތްލެޓިކޯއިން މި ސީޒަނުގައި ސޮއި ހޯދާނެ ތިންވަނަ ޑިފެންޑަރަށެވެ.
އެތްލެޓިކޯއިން އަންނަނީ ކިއެރަންއަށް 20 މިލިއަން ޕައުންޑްގެ ބިޑެއް ހުށެހެޅުމަށް ތައްޔާރުވަމުންނެވެ.
އެތްލެޓިކޯގެ ކޯޗު ސިމިއޮނީ ވަނީ މި ޓްރާންސްފާރ މާކެޓްގައި އެތްލެޓިކޯއަށް ޕޯޓޯގެ ސެންޓާރ ބެކް ފިލީޕޭ އަދި ބްރެޒިލްގެ ޑިފެންޑަރ ރެނަން އެތްލެޓިކޯއަށް ގެންގޮސްފައެވެ.
މީގެ އިތުރުން އެތްލެޓިކޯއިން އަންނަނީ މި ޓްރާންސްފާރ މާރކެޓްގައި ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ބޮޑުހޭދައެއް ކުރަމުންނެވެ. އެގޮތުން ޕޯޗުގަލްގެ ޒުވާން ފޯވާޑް ފީލިކްސްގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑްގެ މިޑްފިލްޑަރ މާރކޯސްގެ ސޮއި ހޯދައިފައެވެ.
އެތްލެޓިކޯއިން އެޓީމުގެ ސްކޮޑް ވަރުގަދަކުރަމުން އަންނައިރު އެޓީމުން ވަނީ އެޓީމުގެ ހުނަރުވެރި ފޯވާޑް އެންޓޮއިން ގްރީޒްމަން ވާދަވެރި ބާސެލޯނާއަށް ވިއްކައިލައިފައެވެ.