ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 15:54
މަތައިސް ޑެލައިޓް
މަތައިސް ޑެލައިޓް
ގެޓީ އިމޭޖަސް
މަތައިސް ޑެލައިޓްގެ
ޔުވެންޓަސްއިން އަޔަކްސްގެ ޒުވާން ކެޕްޓަންގެ ސޮއި ހޯދައިފި
އިޓަލީގެ ކެމްޕިއަނުން ޑެލައިޓް ގަތުމަށް 67.5 މިލިއަން ޕައުންޑް ހަރަދު ކުރާނެ

ޔުވެންޓަސްއިން އަޔަކްސްގެ ޒުވާން ކެޕްޓަން މަތައިސް ޑެލައިޓްގެ ސޮއި ހޯދައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޓަލީގެ ކެމްޕިއަނުން ޑެލައިޓް ގަތުމަށް 67.5 މިލިއަން ޕައުންޑް ހަރަދު ކުރާނެއެވެ.

ޑެލައިޓް ވަނީ އަޔަކްސް އާއިއެކު ކާމިޔާބު ސީޒަނެއް ހޭދަކޮށްފައެވެ. އެގޮތުން ޒުވާން ޓީމަކާއެކު އަޔަކްސް އިން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.

އުމުރުން އެންމެ 19 އަހަރު އަޔަކްސްގެ ކެޕްޓަން ބޭންޑް އެޅި ޒުވާން ޑިފެންޑަރވެގެން ގޮސްފައިވަނީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ފާރަލަމުންދާ ކުޅުންތެރިޔަކަށެވެ. އެގޮތުން މެންޗިސްޓާރ ޔުނައިޓެޑް، ބާސެލޯނާ އަދި ޕެރިސް ސެއިންޓް ޖާމަން ހިމެނެއެވެ.

އަޔަކްސްއަށް 2016 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ޑެލައިޓް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 112 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު މި ސީޒަނުގައި ޑަޗް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބު ކޮށްފައިވާ ޑެލައިޓް ވަނީ ނެދަލޭންޑްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް