އިންޑިއާގެ މުމްބާއީގެ ހަތަރު ބުރީގެ އިމާރާތެއްވެއްޓި 50 މީހުން ތާށިވެއްޖެއެވެ.
މުމްބާއީ ސިވިކް އޮތޯރިޓީގެ ސްޕޯކްސްޕާރސަން، ތަނާޖީ ކާމްބަކް ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ އަންގާރަ ދުވަހު ވެއްޓުނު އިމާރާތްވެއްޓިފައިވަނީ ޑޮންގްރީ ނެއިބާހޫޑްގަ ކަމަށެވެ.
ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސްގެ ތިންޓީމުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ވެއްޓުނު އިމާރާތާއި ޖެހިގެން ހުރި އިމާރާތްތައް ވެސް ހުރީ ވަރަށް ނުރައްކާތެރި ހާލަތުގައި ކަމަށާއި މިހާރު ޖެހިގެން ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުމްބާއީގެ ފަޔާ ބްރިގޭޑް ޗީފް ޕްރަބަތް ރަންގާލް ވަނީ ބުނެފައެވެ.
އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު އަދި ސާފެއްނުވެއެވެ.
އިމާރާތްވެއްޓުމުގެ މި ހާދިސާހިނގާފައި މިވަނީ، މުމްބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުގެ ހާދިސާތަކުގައި 43 މީހުން މަރުވެފައިވަނިކޮށެވެ. މޫސުމީ ވިއްސާރާގައި މަހާރަސްތްރާގައި ވަނީ ގިނަ ގެތަކަށް ފެންވަދެ ދަތުރުފަތުގެ ނިޒާމަށް ވަރަށް ބޮޑަށް ބުރޫއަރާފައެވެ.
މުމްބާއީގެ އޮފިޝަލުން ބުނެފައިވަނީ ފާއިތުވި ހަފްތާތަކުގައި ވެހުނު ވާރެއަކީ މިހާތަނަށް މުމްބާއީ ކުރިމަތިވި އެންމެ ބޮޑު އެއް ހާދިސާގޮތުގައި ސިފަކޮށްފައެވެ. އިންޑިއާގެ އައްސާމް އަދި ބިހާރަށް ބޯކޮށް ވާރޭވެހި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގެ އަސަރު 6.7 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ.