"އުކުޅަސް ޓެކް ފެއަރ 2019" ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭ ޓީވީ ހަމަޖައްސައިފި އެވެ.
މި އެއްބަސްވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ނާޒްމީ ސައީދު އެވެ. އުކުޅަސް ޓެކް ފެއަރ ގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް އޮގަނައިޒާ ހީނާ ހާލިދު އެވެ.
އުކުޅަހުގައި އޮގަސްޓް މަހުގެ 26-28 އަށް ކުރިއަށް ގެންދާ މި ޓެކް ފެއަރ ކުރިއަށް ދާނީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް ( ސްކިމާ2019) އަދި އިންޓަނޭޝަނަލް ވޯކްޝޯޕް އޮން އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް ވާރކްޝޮޕް 2019 އާއި އެކުއެކީގައެވެ.
މި ފެއަރ އާއި ގުޅޭ ގޮތުން ހީނާ ވިދާޅުވީ މި ފެއަރ އަކީ ވަރަށް ގިނަ ސައިންޓިސްޓުން ބައިވެރިވާ ފެއަރ އެއް ކަމަށާއި ވީހާވެސް ގިނަ ބަޔަކު މި ފެއަރ ހިނގަމުންދާއިރު ބައްލަވާލެއްވުން އެދޭ ކަމަށެވެ
މި ފެއަރ ގެ ޓައިޓްލް ސްޕޮންސަރ އަކީ އުރީދޫ މޯލްޑިވްސް އެވެ. މި ފެއަރ ކުރިއަށް ދާނީ މިނިސްޓްރީ އޮފް ޓުއަރިޒަމާއި، އުކުޅަސް ކައުންސިލް އަދި އުގެއިލް ފައުންޑޭޝަންގެ އެހީތެރިކަމާއި އެކުގައެވެ.
މީގެ އިތުރުން މި ފެއަރ ކުރިއަށް ގެންދިއުމުގައި ދަމާސް އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަން ލިބިގެންދާ ކަމަށް ހީނާ ވިދާޅުވިއެވެ.