ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 09:03
ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލު ކީޕަރު ޑޭވިޑް ޑެހެއާ
ގެޓީ އިމޭޖަސް
ޑޭވިޑް ޑެހެއާ
ޑެހެއާ ޔުނައިޓެޑުގެ އެއްބަސްވުން އާކުރުމާ ގާތަށް
އާ އެއްބަސްވުމާއެކު ޑެހެއާއަށް ހަފްތާއަކު 375،000 ޔޫރޯ ލިބޭނެ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ޑެއިލީ މެއިލްއިން ބުނީ، ޑެހެއާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ވަރަށް އަވަހަށް އާކުރާނެ ކަމަށާއި، އާކުރާ އެއްބަސްވުމާއެކު އޭނާއަށް ހަފްތާއަކު 375،000 ޕައުންޑު ލިބޭނެ ކަމަށެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ބުނީ، އާ އެއްބަސްވުމާމެދު ޑެހެއާވެސް ހިތްހަމަޖެހޭ ކަމަށާއި، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

މި ސީޒަނަށް ފަހު ޔުނައިޓެޑާއެކު ޑެހެއާ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޓްލެޓިކޯ މެޑްރިޑުން ކެރިޔަރު ފެށި ޑެހެއާ ވަނީ އެޓީމަށް 84 މެޗު ކުޅެފަ އެވެ. އޭނާ އެ ކްލަބް ދޫކޮށްލުމަށް ފަހު ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 362 މެޗު ކުޅެފަ އެވެ.

އެޓްލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު އަދި ޔޫއެފާ ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް، ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިންފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 39 މެޗު ކުޅެދީފައިވާ ޑެހެއާ ވަނީ އެޓީމާއެކު 17 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް