Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 22:35
އެމްޑީޕީގެ ޓީމަށް ށ ފީވަކުން މަރުހަބާ ކިޔަނީ
އެމްޑީޕީގެ ޓީމަށް ށ ފީވަކުން މަރުހަބާ ކިޔަނީ
އެމްޑީޕީ
އެމްޑީޕީގެ ށ ދަތުރު
އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު:ހަސަން ލަތީފް
އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މެމްބަރުންވެސް ސަރުކާރާ މެދު ނުރުހޭކަން ހާމަވި
ކައުންސިލް އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ބޮޑުވެއްޖެ
ށ. އަތޮޅުގެ ރަށްތަކުން އެމްޑީޕީ ޓީމަށް ހޫނު މަރުހަބާއެއްވަނީ ކިޔާފައި

ލޯކަލް ކައުންސިލް އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އެދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ އެމްވީއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

އެމްޑީޕީގެ ދަތުރުގައި ފުރަތަމަ ހުކުރު ދުވަހުގެ މެންދުރެއްހާއިރު ދިޔައީ އެއަތޮޅު މިލަންދޫއިންނެވެ. ހުކުރަށްފަހު އެރަށުގައި އެމްޑީޕީން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުން ވާދަ ކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހިނގާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެމްޑީޕީގެ ކެނޑިޑޭޓުންނާމެދު ދެކޭގޮތް ވަނީ ހޯދާފައެވެ.

މިލަންދޫއިން އެމްޑީޕީގެ ޓީމު ދެން ދިޔައީ އެއަތޮޅު ފޯކައިދޫއަށެވެ. ފޯކައިދޫއަށް އެމްޑީޕީގެ ޓީމު ދިއުމާއެކު އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެމްޑީޕީއަށް މަރުހަބާ ކިޔާފައިވާއިރު ށ އަތޮޅުގައި ބޭއްވި ބޮޑު ޖަލްސާ ބޭއްވީ އެރޭ 9:30 ގައި ފޯކައިދޫ އެމްޑީޕީ ހަރުގޭގައެވެ.

ހިމަފޮދު ވާރޭ ވެހެމުން ދިޔަ ނަމަވެސް މިޖަލްސާއަށް ގިނަ ބަޔަކު ހާޒިރުވިއިރު ހަރުގެއިން ބޭރުގައި ތިބި މީހުންވެސް ވިއްސާރައިގެ ސަބަބުން ޖަލްސާ ދޫކޮށް ގޮސްފައެއް ނުވެއެވެ. ވާރޭގައި ތިބެ ޖަލްސާގައި ބައިވެރިވި ގިނަބަޔަކާއެކު ޖަލްސާ ވެގެން ދިޔައީ އަދުގެ ޙާލަތު ބަޔާންކޮށް ޚާއްޞަކޮށް ފޯކައިދޫގެ ހާލަތު ބަޔާންކޮށްދިން ފޯރިގަދަ ޖަލްސާއަކަށެވެ.

ހޮނިހިރު ދުވަހު އެމްޑީޕީގެ ޓީމު ދިޔައީ އެއަތޮޅު މާއުނގޫދޫ އަށެވެ. މާއުނގޫދޫންވެސް އެމްޑީޕީގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެރަށުގައިވެސް އެމްޑީޕީން ވަނީ އެޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޓީމުތަކަކަށް ބަހާލައިގެން ދޮރުން ދޮރަށް ހިނގާފައެވެ. އެރަށުން އެމްޑީޕީގެ ޓީމު ދެބަޔަކަށް ބަހާލުމަށް ފަހު އެއްބަޔަކު ގޮސްފައިވަނީ ށ އަތޮޅު ބިލެތްފައްސަށެވެ. އަނެއް ޓީމު ގޮސްފައިވަނީ ރ އަތޮޅު މާކުރަތަށެވެ. މާކުރަތު ހަރުގޭގައި ކަންމަތީ  ޖަލްސާއެއް ބާއްވާފައިވާއިރު ދެވަނަ ޓީމުން ވަނީ ބިލެތްފަހީގައި ދޮރުން ދޮރަށް ހިނގާ ތާއީދު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ މި ދަތުރުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މެންބަރުންވެސް ސަރުކާރާމެދު ނުރުހޭ ނުރުހުން ކަމަށާއި ސަރުކާރުން ކަންކުރަމުންދާ ގޮތުން ހިތްހަމަނުޖެހިފައި ތިބިކަން އެނގިގެން ދިޔަ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ މިދަތުރަށްފަހު ކުރިއަށްވުރެވެސް ބޮޑަށް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިދާނެ ކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށާއި ށ އަތޮޅުގެ ރަށްތަކުން މިލިބުނު ކާމިޔާބީއަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް