ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 16:42
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޕީޖީ އޮފީސް
މަގޭ ރިޕޯޓް
ބިޝާމް ހުދުފޮތި ކޮޅަކަށްވީތޯ؟
ދައުވާތައްކުރެއްވުނީ ގޯސްކޮށް
އަދާކުރައްވަނީ މަސްއޫލިއްޔަތުން އެއްބައި

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލަކު ހުންނަން ވާނެކަމަށެވެ. ގާނޫނޫ އަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަތައް ފެށިގެން އަންނަނީވެސް އެ މަގާމުގައި ހުންނަންވާ ބޭފުޅެއްގެ ކިބައިގައި ހުންނާން ވާނޭ ޝަރުތެއް ބަޔާން ކުރަމުންނެވެ. މިހާރު ދިވެހިރާއްޖޭގައި ހުންނެވި ޕްރޮސިކިއުޓަރ ޖެނެރަލް އެ މަގާމުގައި އެ ހުންނަވަނީ އެ ހުރިހާ ޝަރުތެއް ހަމަވެގެންތޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންގެ މައިގަނޑު ވައުދަކީ އަދުލު އިންސާފު ހޯދައިދިނުމެވެ. މާޒީއަށް އިންސާފު ހޯދާ އަނިޔާވެރިކަމުގައި ބައިވެރިވީ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމުކުރުމުގެ ވައުދާއެކު ކުރި ކެމްޕެއިން ބަލައިގަނެ ރައްޔިތުން އެ ޕާޓީއަށް ދިނީ އެ ޕާޓީއާ ވާދަވެރި ފަރާތްތައް ހައިރާން ކޮށްލާފަދަ ބޮޑު އަޣުލަބިއްޔަތެކެވެ. މެއި މަހުގެ 28 ވަނަ ދުވަހު ހުވާކުރި 19 ވަނަ މަޖިލިސް މިހާތަނަށް ފެންނަމުންދަނީ ޒިންމާދާރު މަސައްކަތްތެރި މަޖިލީހެއްގެ ގޮތުގައެވެ. އެކި ކޮމިޝަންތައް ހާޒިރުކޮށް ސުވާލުކޮށް ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ މެމްބަރުން އިސްވެ ތިއްބަވައި ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ވަޒީރުން މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރުމަށް ފަސްޖެހުމެއް ނެތެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގައި މިއަދު އެތިއްބެވި އެތައް މެމްބަރުންނަކާއި އަދި އާއްމު އެތައް ރައްޔިތުންނެއް ހިމެނޭގޮތަށް ނުހައްގު ދައުވާތަކެއްކުރެއްވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި އަދި މަޖިލީހުން "ޗަކޮއެ ކޮން ރަށެއްތޯވެސް އަހާ ނުލައެވެ".

ދައުވާތައްކުރެއްވުނީ ގޯސްކޮށް

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ކުރައްވާފައިވާ އެތައް ދައުވާތަކެއް ކުރެއްވިފައިވަނީ ނަހަމައިންކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެން ކޯޓުގައި އެ ކަންކަމަށް އެވަނީ އިއުތިރާފްވެވަޑައިގެންފައެވެ. ނަހަމައިން އެތައް އެތައް ދައުވާތަކެއް ކުރެއްވިއިރު އެކަންކަން ދިފާއުކުރައްވަމުން ގެންދެވުމަށްފަހު 2018ގެ އިންތިޚާބުގެ ނަތީޖާއަށް ފަހު ކުރިން ކުރެއްވުނު ހުރިހާ ދައުވާއެއް ކުއްލިއަކަށް ގޯސްވި ބޭފުޅަކު ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއްގެ ގޮތުގައި ދެކެންޖެހޭ ސަބަބަކީ ކޮބައިތޯ؟

އަދާކުރައްވަނީ މަސްއޫލިއްޔަތުން އެއްބައި

ގާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ހ އިން ފެށިގެން ފ އަށް ބަޔާން ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ. މީގެ ތެރެއިން ރ ގައި ބުނަނީ ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ އަމަލުތަކާއިގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެއްކަމަށެވެ.

ދާދިފަހުން މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމުގައި ފުލުހުން އަނިޔާކުރަނިކޮށް ވީޑިއޯ އާއްމުވި ހާދިސާއާގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އެޅުއްވި ފިޔަވަޅެއް ދެނެހުރި މީހަކުނެތެވެ. ގާނޫނު އަސާސީގައި ލާޒިމްކުރާ ކަމެއް ދޫކޮށްލައްވައިގެން ހުންނެވިއިރުވެސް ހޭވެސް ސުވާލު އުފައްދާނެ މުއައްސަސާއެއް ވެސް ނެތެވެ.

މިފަދަ އެތައްކަމެއް ފާހަގަވާއިރުވެސް ޕީޖީ މަގާމުގައި ބަހައްޓަވައިގެން އުޅުއްވަނީ އެކަމަނާ ލައްވައި މީގެ ކުރިން ގޯސްތައް ހެއްދެވިކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ވެރިންގެ މައްޗަށް ދައުވާކޮށް ހުކުމް ނިންމާލެވެންދެން ތޯއެވެ؟ ނުވަތަ މަގާމަށް އެކަށީގެންވާލެއް ބޮޑުކަމުންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
16 ޖުލައި 2019 | އަންގާރަ 19:23
އައިންތު
މަޖިލީހުގެ ކޮމިޓިއަށް ހާޒިރުވާން އަންގާފައި އޮއްވާ ބިސާމް އެވަނީ ޑުބާއީ އަށް ފުރައިގެން ގޮސްފައި. އެކަކަށް އެކައްޗެއްވެސް ނުހެދޭނެ. ބިސާމް އޮންނާނީ އަންނި އާއި ގާސިމް އާއެކު ޑީލް ހަދާފަ. ގާސިމް ގެ ސްލޮޓެއްގައި ހުންނާނެ މިސަރުކާރުގަ ބިސާމްގެ ފިރިހެން ކޮއްކޮ ހަމަދު އަށް ވެސް މިނިސްޓަރުގެ ނައިބުކަން ދީފައި. ދެން ލަލާ. މަޖިލީހަކަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ. ހަމަ ތިބެން ޖެހޭނީ. އޭނާގެ ދައުރު ނޮވެމްބަރު 24 އަށް ހަމަވެގެން އޭނާ ދަންދެން ހަމަ ނަކަސް ތަޅަން ތިބެންޖެހޭނީ. ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.
16 ޖުލައި 2019 | އަންގާރަ 15:12
ސޭކު
ޗަކޮޔަމެންނަށް ނޭނގުނަސް ބިސާމު އާއި ކޮއްކޮ ވިސާމު އާއެކު ސަރުކާރުންވަނީ ޑީލެއް ހަދާފަކަމަށް ހަބަރުތައްބުނޭ. އެހެންވީމަނުން ބިސަަމް ހުރިތާހުރުމުގެ އިތުރަށް ރައީސަށް ވަކިކިރެވެން އޮތް ރެޖިސްޓްރަ އޮފް ކޮމްޕެނީސް އަށް ވިސާމު އެހުރީ.
15 ޖުލައި 2019 | ހޯމަ 17:23
ޢަނީ
މަގާމުން ވަކިކުރީމަ ނިމުނީތޯ ކޮންމެފަދަ ކަމެއް ކޮށްފަ އޮތަސް.. އަޖައިބު އަންތަރީސް