Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 21:04
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލް
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލް
ސަން އޮންލައިން
ސިއްޚީ ދާއިރާ
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
ރޭގަނޑު ހެލިކަޕްޓަރު ނުދުއްވާ ކަމަށް ބުނި
އެތައް ގަޑިއިރެއްވީ އިރުވެސް ފްލައިޓެއް ހަމަނުޖެއްސުނު
މަރުވީ ފަތިހު، އެއިރުވެސް ބުނަމުން ދިޔައީ ފްލައިޓެއް ހަމަޖައްސަނީ ކަމަށް

ސްޓްރޯކެއް ޖެހުނު ގއ. ދާންދޫ އަންހެނަކު މާލެ ގެނެވޭނެ ގޮތެއް އާސަންދަ އަށް ހަމަނުޖެއްސިގެން އުޅެނިކޮށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ނުދެވި މަރުވެއްޖެ އެވެ.

 

ފަރުވާ ނުލިބި ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި މަރުވެފައިވަނީ ދާންދޫ، މާވަހަރުގޭ، އުމުރުން 42 އަހަރުގެ އަޒްމާ ނަޖީބު އެވެ. އަޒްމާގެ ހަތަރު ކުދިން ތިބެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަޒްމާއާއެކު ވިލިނގިއްޔަށް ވަޑައިގެންނެވި ދާންދޫ ކައުންސިލްގެ މެންބަރު ޝުއައިބު އަބްދުﷲ ވިދާޅުވީ އަޒްމާ އަށް ސްޓްރޯކެއް ޖެހުނީ ބުރާސްފަތި ދުވަހުގެ ހަވީރު 6:00 ހާއިރު ކަމަށާއި، ދާންދޫ ސިއްޚީ މަރުކަޒުގެ ލަފާގެ މަތިން އެ ރޭ 8:00 ނުޖަހަނީސް ވިލިނގިލީ ހޮސްޕިޓަލާ ހަމައަށް އަޒްމާ ގެންދެވުނު ކަމަށެވެ.

 

ޝުއައިބު ވިދާޅުވީ ހޮސްޕިޓަލަށް އަޒްމާ ގެންދެވުނު ނަމަވެސް، އެތަނުން އެފަދަ ބައްޔަކަށް ފަރުވާ ދެވެން ނެތް ކަމަށް އަންގައި، ވީހާ ވެސް އަވަހަކަށް މާލެ ގެންދިއުމަށް ލަފާ ދިން ކަމަށެވެ. އެއާއެކު ހޮސްޕިޓަލުން އެމެޖަންސީ ކޭސްއެއްގެ ގޮތުގައި އާސަންދަ އަށް ރެފާ ކުރި ކަމަށް ޝުއައިބު ވިދާޅުވި އެވެ.

 

"ހޮސްޕިޓަލުން ބުނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރި ކަމަށް، އެތަނުން އެކަމަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށް،" ޝުއައިބު ވިދާޅުވި އެވެ.

 

ޝުއައިބު ވިދާޅުވީ އަޒްމާ މާލެ ގެނެއުމަށް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއް ދަންވަރު 3:00 އަށް ހަމަޖެހިއްޖެ ކަމަށް އާސަންދަ އިން ބުނި ކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ފްލައިޓް ހަމަޖެހިފައިނުވާ ކަމަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ ވީހާވެސް އަވަހަކަށް އަޒްމާ މާލެ ގެނެއުމަށް އެމްއެންޑީއެފްެގެ ހެލިކަޕްޓަރުގެ އެހީތެރިކަމަށް ވެސް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ރޭގަނޑު ހެލިކަޕްޓަރު ނުދުއްވާ ކަމަށް ބުނެ ހެލިކަޕްޓަރު ހަމަޖައްސާދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އަޒްމާ މާލެ ގެނެވޭނެ ގޮތެއް ނުވެެގެން ސަރުކާރުގެ އެކި ފެންވަރުގެ ބޭބޭފުޅުންނާއި ދާއިރާގެ މަޖިލިސް މެންބަރުގެ އެހީތެރިކަމަށް އެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުކުރު ދުވަހުގެ ފަތިހު 4:10 ހާއިރު އަޒްމާ މަރުވުމާ ހަމައަށް ވެސް އެ ފަރާތްތަކުން ބުނަމުން އައީ އެކަން ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ޝުއައިބު ވިދާޅުވީ ދާންދޫ ސިއްޚީ މަރުކަޒުންނާއި ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ކަމަށް 8:00 ހާއިރު ބުނިއިރު، މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި މީހަކު މަރުވެގެން ދިއުމަކީ އާސަންދައިގެ އިހުމާލު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ދިވެހި ދިދައިގެ ދަށުގައި އުޅޭ ކޮންމެ މީހަކަށް ވެސް އެ ދިދައިގެ ހިމާޔަތާއި ރައްކާތެރިކަމާއި މަންފާތައް ލިބެންޖެހޭނެ ކަމަށާއި އެ ރައްކާތެރިކަން ނުދެވުމަކީ ތަންތަނުގައި ތިބޭ ވެރިން ޒިންމާވާންޖެހޭނެ ކަމެއް ކަމަށެވެ.

 

މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކުރަން އުޅުނު ކަމަށް ބުނާ ވާހަކަތައް މޯލްޑިވިއަން އިން ދޮގު ކުރެ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ހާރިސް ވިދާޅުވީ ފްލައިޓެއް ޗާޓަރު ކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައިނުވާ ކަމަށާއި ނަމަވެސް، އަވަސް ފްލައިޓަކުން ޖާގައަކަށް އެދުމުން، ފަތިހު ފްލައިޓުން ޖާގައެއް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

 

މިކަމާ ގުޅޭ ގޮތުން އާސަންދައިގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 މާރޗް 2017 | އަންގާރަ 11:43
Khalid
Alhugandumen mithibee fahari maruvumuge hithaamaiga hihthah kudhikudhivefai maruhoomah suvaruge dhevaa dheyve. Adhi nikamethi kudhinnaai aailaa aai firimeehaa ah kehtherikan dhehvaadheyve. Aameen.
6 މާރޗް 2017 | ހޯމަ 01:58
ASLU
Mee mi bunaa vahaka akee.asadhu (aslu meehaa) a ulhenee komme vs rashaku .madam ge fahathun campain nukurevigen.amilla edhumaaigen furifa thibi baeh..dhaairaage kanthaa asadhu ulhumah govaalan..mayyithaa ah huvaruge minvaru kurahvaashi
5 މާރޗް 2017 | އާދީއްތަ 22:19
މުހައްމަދު
ހަމައެކަނި ލޭކޮޅެއް ގަނޑުވީތަ؟ ދެން ކޮން ލެއެއް އެ ފޭބީ؟ ބަލަ، އެއީ މޭޖަރ ސްޓްރޯކެކޭ. ބޮލުގެ އެތެރެއިން ލޭ ފޭބީއޭ! ތިބުނާ ވަރަށްވުރެ މާ ސީރިއަސް އޭ! ތި ރެފެރަލް ލެޓަރ ލިޔެފަ ތިއޮތީ ވަރަށް ދެރަކޮށް. އަދި އާސަންދަވެސް އެވަނީ އިހުމާލުވެފައި
5 މާރޗް 2017 | އާދީއްތަ 20:00
Aadhil
Thi viligileega thibenee thaneh dhoreh neygeyv mihun ehkameh kuraakah ves neyge