ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 11:52
އަސްކަރީ ބަޣާވާތަކުން އިރުޝާދު ވެރިކަމަށް ވަޑައިގަތީ 1982 ވަނަ އަހަރު
އަސްކަރީ ބަޣާވާތަކުން އިރުޝާދު ވެރިކަމަށް ވަޑައިގަތީ 1982 ވަނަ އަހަރު
ރޮއިޓަރސް
ހުސައިން މުހައްމަދު އިރުޝާދު
ބަންގްލަދޭޝްގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ އިރުޝާދު 89 އަހަރުފުޅުގައި އަވަހާރަވެއްޖެ
 
ޚުދުމުޚުތާރު އަސްކަރީ ވެރިޔާ ހުސައިން މުހައްމަދު އިރުޝާދު އަވަހާރަވީ އުމުރުފުޅުން 89 އަހަރުގައި

ބަންގްލަދޭޝްގެ ކުރީގެ ޚުދުމުޚުތާރު އަސްކަރީ ވެރިޔާ ހުސައިން މުހައްމަދު އިރުޝާދު އުމުރުފުޅުން 89 އަހަރުފުޅުގައި އާދީއްތަ ދުވަހު އަވަހާރަވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިރުޝާދު އަވަހާރަވެފައިވަނީ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވިފައި އޮންނަތާ ހަފްތާތަކެއް ފަހުންނެވެ.

ޖެނެރަލް އިރުޝާދުވަނީ 1990 ގައި އައި ޑިމޮކްރަސީގެ ހަރަކާތްތަކުގައި ވެރިކަމުން ވައްޓާލުމާ ހަމައަށް ދިހަ އަހަރެއްހާ ދުވަހު ވެރިކަން ކުރައްވާފައެވެ.

އޭގެ ފަހުންވަނީ ކޮރަޕްޝަނުގެ މައްސަލައިގައި އެތައް އަހަރަކަށް ޖަލަށް ވެސް ލާފައެވެ.

އިރުޝާދު ނިސްބަތްވެވަޑައިގަންނަވާ ޖަތިޔާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު އަދި އިރުޝާދުގެ ޒަމާންވީ އެކުވެރިޔާ ކާޒީ ފީރޯޒް ރާޝިދު އޭއެފްޕީގައި ވިދާޅުވީ އޭނާ އަވަހާރަވީ މުސްކުޅިބަލީގައި ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު އަބްދުﷲ ބިން ޒައިދުވެސް ވަނީ އިރުޝާދު އަވަހާރަވިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޅެންވެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ އިރުޝާދު ލޭ އޮހޮރުވުމެއް ނެތް ބަޣާވާތަކުން އިންތިޚާބީ ސަރުކާރު ބަދަކުރައްވާފައިވަނީ އަސްކަރިއްޔާގެ އިސްވެރިޔަކަށް ހުންނެވުމަށް ފަހު 1982ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ