ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ނިއުޔޯކް ސިޓީގެ ބޮޑުބަޔަކުން ކަރަންޓުކެނޑި، ވިޔަފާރިތައް މެދުކެނޑި ސަބްވޭގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ނިއުޔޯކް ސިޓީގެ ފަޔާރ ޑިޕާޓްމެންޓުން ބުނީ ޓްރާންސްފޯމަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވެސްޓް ސިކްސްޓީފޯތު ސްޓްރީޓް އަދި ވެސްޓް އެންޑް އެވެނިއުގައި ކަމަށާއި މި ހާދިސާގެ ސަބަބުން ގާތްގަނޑަކަށް 38000 ކަސްޓަމަރުންނަށް އަސަރު ކޮށްފައިވާކަމަށެވެ.
މެޓްރޮޕޮލިޓަން ޓްރާންޕޯޓް އޮތޯރިޓީން ބުނީ އަންޑަރ ގްރައުންޑ ގިނަ ސްޓޭޝަންތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ކޮން އެޑިސަން އާއި އެކު ކަރަންޓްގެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ނިއުޔޯކަށް މި ހާދިސާ ދިމާވެފައި މިވަނީ 1977 ގެ ކަރަންޓް ކެނޑުމުގެ ހާދިސާއަށް 42 އަހަރު ފުރުނު ދުވަހުއެވެ. 1977 ގެ ޖުލައި 13-14 ގައިވެސް ވަނީ ނިއުޔޯކްގެ ބޮޑުބަޔަކުން ކަރަންޓްގެ ހިދުމަތް ކެނޑިގެން ގޮސްފައެވެ.