Advertisement
ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 17:24
ކުޅުދުއްފުށީގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ކުޅުދުއްފުށީގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ޕޮލިސް
ކުޅުދުއްފުށީގައި ފެންބޮޑުވުން
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
ފެންބޮޑުވުމުގެ ސަބަބުން މުދަލާއި ހިފާގެންގުޅެ ތަކެއްޗަށް ގެއްލުން ވެފައިވޭ
ކަރަންޓު ކެނޑުމާއި ނަރުދަމާގެ މައްސަލަތަކެއް ކުރިމަތިވި

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ހދ. ކުޅުދުއްފުއްޓަށް ރެއިން ފެށިގެން މެދުކެނޑުމެއްނެތި ކުރި ވިއްސާރައިގެ ސަބަބުން ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެއެވެ.

ގުގުރުމާއެކު ކުރި ގަދަ ވިއްސާރައިގައި ކުޅުދުއްފުށީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑި، އެ ސަރަހައްދުތަކުގެ ނަރުދަމާގައި ވެސް ވަނީ މައްސަލަ ޖެހިފަ އެވެ.   

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 10:00 ހާއިރުން ފެށިގެން އާދީއްތަ ދުވަހުގެ މެންދުރާހަމައަށް މެދުނުކެނޑި ވެހުމުގެ ސަބަބުން އެ ރަށުގެ 14 ގެއެއްގައި ފެންބޮޑުވެ، މުދަލާއި ހިފައިގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. 

ކުޅުދުއްފުށީގައި ފޫޓަކަށްވުރެ މައްޗަށް ވަނީ ފެންބޮޑުވެފަ އެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި އެ ފަރާތްތަކުން ދަނީ ކުޅުދުއްފުށީ ކައުންސިލާއި، ކަމާގުޅޭ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީއާއެކު ޕަމްޕް ސިސްޓަމް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ނަމަވެސް މެދު ރާއްޖެތެރެއަށް އާންމުގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވެސް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް