ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 23:03
އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު
އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު
ކަސްޓަމްސް
ކަސްޓަމްސް
ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 13 އިންސައްތަ އިތުރު
 
ޖޫންމަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފްއަގު މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފަ
 
މިދިޔަ އަހަރުގެ ޖޫން މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފަ

ފާއިތުވި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫން މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި ޖޫން މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފްއަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ އިމްޕޯޓުކޮށްފައިވަނީ ޗައިނާ އަދި ޔޫ.އޭ.އީ އިންނެވެ. އަދި ސިންގަޕޫރުން 13 އިންސައްތަ އިމްޕޯޓުކޮށްފައިވާއިރު އިންޑިއާއިން 9 އިންސަައްތަ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖޫން މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫއޭއީ، ސިންގަޕޫރު، އިންޑިއާ އަދި ސްރީލަންކާއެވެ. އަދި އެންމެ ގިނައިން ރާއްޖެއަށް މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނު ވިލާތުންނާއި ފަރަންސޭސިވިލާތާއި ޔޫއޭއީގެ އިތުރުން އެމެރިކާ އާއި ކޮސްޓަރިކާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި