ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 05:37
"މީ ލޯތްބަކީ"ގެ ލީޑްރޯލުން ފެނިގެންދާ މަރިޔަމް އައްޒާ
"މީ ލޯތްބަކީ"ގެ ލީޑްރޯލުން ފެނިގެންދާ މަރިޔަމް އައްޒާ
ފޭސްބުކް
ދިވެހި ފިލްމް
"މީ ލޯތްބަކީ" ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކޮށްފި
 
ލަވަ މާ ފުރިހަމަ ކަމަށް ގިނަ ބަޔަކު ދަނީ ކޮމެންޓް ކުރަމުން
 
މި ލަވައަށް ދަނީ ގިނަ ބައެއްގެ މަގްބޫލުކަން ލިބެމުން

ޑާކްރެއިން އެންޓަރޓެއިންމަންޓްގެ "މީ ލޯތްބަކީ" ފިލްމްގެ ފުރަތަމަ ޕްރޮމޯޝަނަލް  ލަވަ ރިލީޒް ކޮށްފިއެވެ.

 

މީގެ ދުވަސްތަކެއް ކުރިން މަޝްހޫރު ޓްރިއޯ ބޭންޑުން ކިޔާފައިވާ "އޭ މަންޖެ" ކަވަރ ސޯންގެއް ގޮތަށް އަލުން މިފަހަރު މި ފިލްމަށް ކިޔަދީފައިވަނީ ފަތޯ ފުބޫ އަދި އަމާން އެވެ.

 

އޭ މަންޖޭ ރިލީޒް ކުރުމާއި އެކު މި ލަވައަށް ދަނީ ގިނަ ބައެއްގެ މަގްބޫލުކަން ލިބެމުންނެވެ.

 

އެ ގޮތުން މި ފިލްމްގެ ޕްރޮމޯޝަނަލް ލަވައެއް ގޮތުގައި މިފަހަރު މި ލަވަ ގެނެސްދީފައިވާގޮތް މާ ފުރިހަމަ ކަމަށް ގިނަ ބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ.

 

އެޕްރީލް 5 ވަނަ ދުވަހު އޮލިމްޕަހުގައި މިލަވަ އެޅުވުމަށް ހަމަޖެހިފައިވާއިރ މި ފިލްމްގެ އޮންލައިން ބުކިން މިހާރު ވަނީ ހުޅުވާލާފައެވެ.

 

 މީ ލޯތްބަކީ އަކީ ބެލުންތެރިން ހެތްވާލާނެފަދަ ތަފާތު ކޮމެޑީ ފިލްމެއް ކަމަށާއި ޑާކްރެއިންގެ އެހެން ފިލްމްތަކާއި މުޅިން ތަފާތު ފިލްމެއް ކަމަށް މި ފިލްމްގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޯގާ) ބުންޏެވެ.

 

މީ ލޯތްބަކީގައި މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާއިރު ލީޑް ރޯލުން ފެނިގެންދާނީ ޖުމައްޔިލް އަދި އައްޒަ އެވެ.

 

ޑާކް ރެއިންގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ފިލްމަކީ "ވާށޭ މަށާއެކީ" އެވެ. މި ފިލްމަކީ މިހާތަނަށް އޮލިމްޕަހުގައި އެންމެ ގިނަ ހައުސްފުލް ޝޯތަކެއް އަޅުވާފައިވާ އެއް ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް