އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ޕްރިންޓް ކުރުމުގެ ޚިދުމަތް ދެމުން އަންނަ އެމް 7 ޕްރިންޓުން މިނިވަން ދުވަހުގެ މުނާސަބަތުގައި" އެމްސެވަން މިނިވަން ޕްރޮމޯ 2019" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ޕްރިންޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭތާ 24 އަހަރު ވެފައިވާ އެމް 7 ގެ މިއަހަރުގެ މިނިވަން ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިހިނގާ ޖުލައި މަހުގެ 10 އިން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
އެމް7 ގެ ފްރަންޓް އޮފީސް ހުންނަނީ އަމީނީމަގު އެމް 7 ޓަވަރ ގެ 1 ވަނަ ފަންގިފިލާގައެވެ.
ކަސްޓަމަރުންނަށް އިތުރަށް ފަސޭހަ ކުރުމަށްޓަކައި ހެނދުނު 8:30 އިން ރޭގަނޑު 9:45 އަށް ފޯނު 3307787، ވައިބަރ 7567720، 9197787 އިން ވެސް އޯޑަރ ބަލައިގަތުން ވެސް ވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ މިނިވަން ދުވަސް ފަދަ ދުވަސްތައް ވަރަށް ކުލަ ގަދަ ގޮތަކަށް، އުފާވެރި ގޮތެއްގައި ކަސްޓަމަރުންނާއި ހިއްސާކުރެވިގެން ފާހަގަ ކުރުން. އެހެންވެ މިނިވަން ޕްރޮމޯޝަން މި ފެށީ" އެމް7 ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވިއެވެ.މި ޕްރޮމޯޝަންގެ ދުވަސްވަރު ޕްރިންޓް ކުރާ ބާވަތްތަކުން ޚާއްސަ އަގުތަކެއް ވަނީ ހަމަޖެހިފައެވެ.
ސައްތާރު ވިދާޅުވީ އެންމެ ގިނަ މީހުން ޕްރިންޓް ކުރަން އަންނަ ކެންވަސް ޕްރިންޓާއި ވިޔަފާރިއާއި ގުޅުން ހުރި ތަކެތި އަދި އެހެން ބާވަތްތައް ޕްރިންޓްކުރަން ޚާއްސަ ރޭޓްތަކެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި މިނިވަން ދުވަހާއި އީދު ދުވަހާއި ގުޅިގެން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ތަކެތި އައިޑެންޓިފައި ކޮށްފައި އިވެންޓް ބާއްވަވާ ފަރާތްތަކުން ފޮނުވާ ލިސްޓަކަށް ވާނަމަ އަގުތައް އަދި ޚިދުމަތް ޚާއްސަ ވެގެން ދާނެ ކަމަށެވެ.
ބައެއް ބާވަތްތަކުން ހީވެސް ނުކުރާ މިންވަރަށް ޑިސްކައުންޓް ލިބޭނެ. އެމް 7 ގެ ތަފާތަކީ ކޮލިޓީ ދަމަހައްޓާނެ. ބޭނުން ކުރަނީ އެންވައިރަމަންޓް ސަސްޓެއިނަބިލިޓީ އުސޫލްތައް ދަމަހައްޓާ ކުންފުނިތަކުން ގެންނަ އިންކް އާއި ހޯދާ ތަކެތި." ސައްތާރު ވިދާޅުވިއެވެ.