ކ. މާލެ
|
10 ޖުލައި 2019 | ބުދަ 06:41
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެނެސް އެއާޕޯޓުން ނެރެގެން ޕޮލިހަށް ގެންދަނީ: އޭނާ މިހާރު ހުރީ ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްގެ ބެލެހެއްޓުމުގެ ދަށުގައި
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެނެސް އެއާޕޯޓުން ނެރެގެން ޕޮލިހަށް ގެންދަނީ: އޭނާ މިހާރު ހުރީ ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްގެ ބެލެހެއްޓުމުގެ ދަށުގައި
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓް
ލުތުފީވެސް ގެނެވިއްޖެ، އަދީބުވެސް ޤައުމުގައި، ދެން ކިޔާނީ ކީކޭ؟
ލުތުފީ ރާއްޖެ ނުގެންނާނެކަމަށް ބުނެ ވާހަކަ ފަތުރަނިކޮށް، ލުތުފީ ރާއްޖެ ގެނައީ ރައީސް ސޯލިހްގެ ސަރުކާރުން
އަހުމަދު އަދީބް ފިލުވީކަމަށް ބުނެ ވާހަކަ ފަތުރި، ނަމަވެސް އަދީބަށް ބޭސްފަރުވާ އަށް ފުރުސަތު ދިނީ ވެސް، އަނބުރާ ރާއްޖެ ގެނައީ ވެސް މި ސަރުކާރުން
ސަރުކާރުން ދެ މައްސަލާގައިވެސް އަމަލުކުރީ ޤާނޫނީ އިމުގެ ތެރެއިން

ސިއްހީ ފަރުވާއަކީ އިންސާނަކަށްވީތިވެ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްޤެކެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މަނިކުފާނުގެ ނައިބު ރައީސް އަހްމަދު އަދީބަށް ބޭސްފަރުވާކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި އިސްކުރީ މާއްދިއްޔަތާއި ފައިސާ އެވެ. އިންސާނަކަށް ވީތީވެ، ލިބެންޖެހޭ ބޭސްފަރުވާގެ ހައްގުން އަދީބު މަހްރޫމްކުރުވައި، އޭނާގެ ދެ ލޯނު ކަނުވުމަށް ދޫކޮށްލި އެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތީ އެވެ.

މިފަދަ ނުލަފާ އަމަލުތައް ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވަނިކޮށް، މި ސަރުކާރުން އަދީބު ބޭސްފަރުވާ އަށް ފޮނުވުމުން ފެތުރި ވާހަކައަކީ ޑީލެއް ކަމަށާއި އަދީބު ފިލުވީ ކަމަށެވެ. ނަމަވެސް ސަރުކާރަށް ޑަރުވެސް ހީނުވެ، އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ސާބިތުކަމާއެކު ރައްދު ދެމުން ދިޔަ އެވެ.

ސަރުކާރުން ތަކުރާރުކޮށް ބުނަމުންގެންދިޔަ އެއް ވާހަކައަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ހައްޤުތައް އެ މީހަކަށް މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ. ސިއްހީ ފަރުވާގެ ފުރުސަތު ސަރުކާރުން ހިފަހައްޓާ، ޤާނޫނުތަކާއި ހިލާފު ނުވާނެކަމަށެވެ. ބޭސްފަރުވާ ކުރުމަށް އަދީބަށް ފުރުސަތު ދިނަސް، ފިލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެހެންވެ، އަދީބާއެކު ދިވެހި ފުލުހުން އިންޑިއާގައި ހަރަކާތްތެރިވި އެވެ. އޭނާގެ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ދިޔައީ ފުލުހުންގެ އެންމެ އިސް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުމާއެކު އަދީބު މި ދައުލަތް ލޫޓުވާލި ކަމަށް ކުރެވޭ ތުހްމަތުތަކުގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެކަމުގެ ޔަޤީންކަން ވެސްސަރުކާރުން ވަނީ ދީފަ އެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދިޔަ ޔަޤީންކަން އޮޅުވާލައި، އެކަމުގެ ތެރެއިން ސިޔާސީ މަންފާތަކެއް ހޯދުމަށް ބަޔަކު ދިޔައީ މަސައްކަތްކުރަމުންނެވެ.

ބޭސްފަރުވާއަށް އިންޑިއާގައި ހުންނެވުމަށްފަހު، ކުރީގެ ނައިބް ރައީސްް އަހުމަދު އަދީބް އެނބުރި މާލެ ވަޑައިގެން އެއާޕޯޓްގެ ވީއައިޕީ އިން ނުކުންނަވަނީ -- ފޮޓޯ:

ބޭސްފަރުވާ އަށް ދިން މުއްދަތު ހަމަވުމުން އަދީބު ރާއްޖެ ގެނަ އެވެ. ސިޔާސީ މީހުން އަމާޒުކުރި ފާޑުކިޔުންތަކަށްވުރެ ސަރުކާރުން އިސްކުރީ ޤާނޫނާއި އެއްގޮތަށް ކަންކުރުމަށެވެ. ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ހައްޤުތައް ކަށަވަރުކޮށްދިނުމަށެވެ.

އަދީބާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ދެއުޅިއެއް ނުވުމުން، ދެން ދައްކަން ފެށީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރައްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ރާއްޖެ ނުގެނެސް ސަރުކާރުން އޭނާ ފިލުވައިގެން އުޅޭކަމުގެ ވާހަކަ އެވެ. ލުތުފީ ރާއްޖެ ގެންނާނެކަމުގެ ޔަޤީންކަން ސަރުކާރުން މެދުކެނޑުމެއް ނެތި ދެމުންގެންދިޔަނަމަވެސް އިދިކޮޅު ފަރާތްތަކުން ބެލީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުމަށްޓަކައި ހުރިހާކަމެއްވެސް ކުރެވޭތޯ އެވެ. ތަފާތު އެކި ވާހަކަތައް ފަތުރައި، ސަރުކާރުން ލުތުފީއަށް ހިމާޔަތްދީ، ވީއައިޕީ ހިދުމަތް ދެމުން އަންނަނަކަމަށް ބުނެ ޤައުމުގެ ހަމަޖެހުން ނަގާލެވޭތޯ އެވެ.

އެވަރުން ނުފުދިގެން އެއްވުންތައްވެސް ބޭއްވުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އޭރުވެސް ކަމުގެ ތަފްސީލްތަކާއެކު ސަރުކާރުން ތަކުރާރުކުރަމުންދިޔައީ އެއް ވާހަކައެކެވެ. ލުތުފީ ރާއްޖެ ގެންނާނެކަމުގެ ޔަޤީންކަމާއެކު ސަރުކާރުން ތަކުރާރުކޮށް ބުނީ އެކަން ކުރާނީ ދެޤައުމުގެ ޤާނޫނުތަކުގެ ތެރެއިން ކަމަށެވެ. ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.

އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކަރިގޮތަށް އެހެން ޤައުމެއްގެ ފަސްގަނޑުގައި ހުރި މީހަކު ޖަހައިގަނެގެން ގެނެސް، އެ ޤައުމުގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުއާހަދާތަކާއި ސަރުކާރުން ހިލާފުނުވާނެކަމަށެވެ. ނަމަވެސް އެ ހުރިހާ ވާހަކައަކަށްވެސް ބީރުކަންފަތެއްދީ، އިދިކޮޅު ފަރާތްތަކުން ދިޔައީ ތަފާތު އެކި ވާހަކަތައް ފަތުރަމުންނެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނައުން -- ފޮޓޯ: ރާއްޖެ.އެމްވީ

ސިޔާސީގޮތުން އަމާޒުވި ޕްްރެޝަރަށް ބެލުމެއްނެތި ސަރުކާރުން އެ ދަނޑިވަޅުގައިވެސް ބެލީ ޤާނޫނާއި އެއްގޮތަށް އަމަލުކުރެވޭތޯ އެވެ. ހީކުރިހާ އަވަސްމިނުގައި ކަންްކަން ނުވިނަމަވެސް އިންްތިޒާރުކޮށްގެންތިބީ ލަންކާގެ ކަމާއިބެހޭ އިދާރާތަކުން ހުއްދަތައް ލިބުމަށެވެ. އެ ހުއްދަތައް ލިބުމާއެކު ރައީސް ސޯލިހްގެ ސަރުކާރުން އެ ވަނީ އަބްދުﷲ ލުތުފީވެސް ގެނެސް ރާއްޖޭގެ ޖަލަށްލާފަ އެވެ. އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒްކުރަންވެސް ފަށާފަ އެވެ. އަދިނުވިތާކަށް އޭނާ ފިލި މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައިވެސް އެ ވަނީ ބަލަން ފަށާފަ އެވެ.

ނިމުނު އެއްވެސް ސަރުކާރަކަށް ނުކުރެވުނުކަމެއް ސާބިތުކަމާ، ކާމިޔާބުކަމާއެކު ސަރުކާރުން އެވަނީކޮށް ނިންމާލާފަ އެވެ.

ދެ މައްސަލާގައިވެސް ސަރުކާރަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކުގެ ތެރޭގައި ސަރުކާރުން ޔަޤީންކަން އެ ވަނީ ވަރަށްވެސް ސާފު މެސެޖެއް ދިވެހިންނަށްދީފަ އެވެ. ކިތަންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވިނަމަވެސް ސަރުކާރުން ޤާނޫނާއި ހިލާފަށް ކަން ނުކުރާނެކަމެވެ. އަމަލުކުރާނީ ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށްކަމެވެ. އަސާސީ ހައްޤުތަކަށް އިހްތިރާމްކުރާނެ ކަމެވެ. ވަައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދާނެ ސަރުކާރެއްކަމެވެ. ދެން ކިޔާނީ ކޮން ލަވައެއް ހެއްޔެވެ؟

- ކޮމެންޓް
13 ޖުލައި 2019 | ހޮނިހިރު 10:18
ކުނި އިއްބެ
ލިއުންތެރިޔާ އަށް ވަރައްސަލާމް. ވަކިފިކުރަކަށްގޮސް ހުސްވެފައި ހުރިކަންއިނގޭ ތީދެންބޮޑުވަރު ލުތުފީގެ މައްސަލަ. ޢަދީބުގެ މައްސަލަ އަކީވެސް ކެރެފާ އާއިލާ އާއިގުޅުން ހުރިމައްސަލަ
10 ޖުލައި 2019 | ބުދަ 11:52
ބުކޭ
ގާނޫނީ އިމުންތޯ އެމްބަސީގަ ހިމާޔަތްދީގެން ރައްޔިތުންނަށް ފިލުއްވަމުން ގެންގުޅުނީ /.. ރާއްޖެ ގެއނައި އިރު ކޮބާ ބިޑި އަޅުވާފަނެތް. ގާނޫނީ ގޮތުން މާނަކަމެއް އެއީ ކޮއިފުޅާ..
10 ޖުލައި 2019 | ބުދަ 10:33
އިންސާނާ
ތިމާމެންގެ ވެރިކަމެއްގަ ފިލުވާފަހުރި މީހަކަު ރައްޔިތުންގެ ޕޮރެށާރާހެދި ގެނެސް ނިކަން އެހެން ކުއްވެރިންނެކޭވެސް އެއފަދައިން ހުކުމް ތަންފީޒުކުރުވަބަލަ