އަފްޣާނިސްތާނުގެ ނުފޫޒުގަދަ ފަރާތްތަކާއި، އެގައުމުގެ ސަރުކާރުގެ އޮފިޝަލުން އަދި ތާލިބާނުންގެ މެދުގައި ބޭއްވި ސުލްހައިގެ ވާހަކަތަކުގައި، ސުލްހައިގެ މަގުޗާޓަކަށް ދިއުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ސުލްހައިގެ މި މަގުޗާޓާއެކު އެ ގައުމުގެ 18 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުން އަވަސްވެގެންދާނެއެވެ.
މި އެއްބަސްވުމުގައި އާއްމުންނަށް ދެވޭ ހަމަލާތައް ހުއްޓާލުމާއި "އިސްލާމީ ގިއުގަނޑުގެ ތެރޭގައި" އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލެވިފައިވެއެވެ.
އަމަލުކުރުން ލާޒިމް ނުވާގޮތަށް އެކުލަވާލެވުނު މި އެއްބަސްވުން އައިސްފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި ތާލިބާނުން މަޝްވަރާކުރަމުން ދަނިކޮށެވެ. ތާލިބާނުންގެ ވެރިކަން އެމެރިކާއިން ވައްޓާލާފައިވަނީ 2001 ވަނަ އަހަރުއެވެ.
އެމެރިކާގެ މަންދޫބުންނާއި ހަނގުރާމަވެރިންނާ ދެމެދު ކުރިޔަށްގެންދާ ވާހަކަތަކުގެ ހަތްވަނަ ބުރު އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކުރިޔަށްގެންދާނެއެވެ.
ބެލެވޭ ގޮތުގައި މިވާހަކަތަކަށްފަހު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް އަދި އަފްޣާނިސްތާނަކީ ޓެރެރިޒަމް ހިންގަ މަރުކަޒެއްގެ ގޮތުގައި ނުހެދުމަށް އެއްބަސްވާނެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
