ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 14:44
އެމެރިކާގެ ކްރިސް ކްލައިން
އެމެރިކާގެ ކްރިސް ކްލައިން
ގެޓީ އިމޭޖަސް
ބިލިއަނަރު ކްރިސް ކްލައިން
ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓި، އެމެރިކާގެ ބިލިއަނަރަކު މަރުވެއްޖެ
 
ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބު ދަނީ ބަހާމާސްގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ ތަހުގީގުކުރަމުން
 
ހެލިކޮޕްޓަރު ވެއްޓުނީ ބަހާމާސް ކައިރިއަށް
 
އިތުރު ހަ މީހަކު ވަނީ މި ހާދިސާގައި މަރުވެފައި

އެމެރިކާގެ ބިލިއަނަރު ކްރިސް ކްލައިން ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި، އޭގައި ދަތުރުކުރަމުން ދިޔަ އެންމެން މަރުވެއްޖެއެވެ.

"ކޯލް" ވިޔަފާރި ކޮށްގެން ބިލިއަނަރަކަށްވީ ކްރިސް ކްލައިންއާ އެކު މަރުވީ މީހުންގެ ތެރޭގައި އޭނާގެ 22 އަހަރުގެ އަންހެން ދަރިވެސް ހިމެނެއެވެ. ވެސްޓް ވާޖީނިއާއަށް ނިސްބަތްވާ ބިލިއަނަރުގެ ހެލިކޮޕްޓަރު ވެއްޓުނީ ބަހާމާސް ކައިރިއަށެވެ. އޭނާއަކީ ދަރުމައަށް ގިނަ އަދަދަކަށް ފައިސާ ހަދިޔާކޮށްފައިވާ ނަން މަޝްހޫރު ފިލަންތްރޮޕިސްޓެކެވެ.

ބަހާމާސްގެ ބިގް ގްރޭންޑް ކޭއިން ފްލޮރިޑާގެ ފޯޓް ލައުޑަރޑޭލްއަށް ދަތުރުކުރި ހެލިކޮޕްޓަރު ގެއްލިގެން ހޯދަން ފަށާފައި ވަނީ، ދަތުރުފެށިތާ 12 ގަޑިއިރު ފަހުންނެވެ. ހެލިކޮޕްޓަރު ފެނިފައި ވަނީ ބިގް ގްރޭންޑް ކޭއިން 2 މޭލް ދުރުން ކަނޑު އަޑިންނެވެ.

މަރުވީ މީހުންގެ ތެރެއިން ޕައިލެޓު ފިޔަވައި ދެން ތިބީ ހުސް އެމެރިކާ ރައްޔިތުންނެވެ. ހެލިކޮޕްޓަރު ދުއްވަން ހުރީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. މި އެންމެންގެ ހަށިގަނޑުވެސް ވަނީ މިހާރު ކަނޑު އަޑިން ނެގުމަށް ފަހު އެމެރިކާއަށް ފޮނުވާލާފައެވެ. ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބު، ބަހާމާސްގެ ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަނާއި ރޯޔަލް ބަހާމާސް ޕޮލިސް އަދި ޑިފެންސް ފޯސް ގުޅިގެނ އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޯލް މައިނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެ ވިޔަފާރި ފެށި، ކްރިސް ކްލައިންއަކީ ކޯލް މައިނަރުންގެ އާއިލާއަކުން އައި މީހެކެވެ. އޭނާގެ މަރާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ. ކްލައިންއަކީ ރިޕަބްލިކަން ޕާޓީއަށް ގިނަ އަދަދަކަށް ފައިސާ ހަދިޔާކޮށްފައިވާ ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
12%
8%
68%
4%
0%
8%
ކޮމެންޓް