Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 18:42
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ރޭޕް ކުރުން
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
އެ އަންހެން މީހާ ރޭޕް ކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:40 އެހާކަންހާއިރު
މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނޭ

ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި އެވެ.

 

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 10:40 އެހާކަންހާއިރު ކަމަށެވެ. އަދި އެ އަންހެން މީހާއަކީ 18 އަހަރުން މަތީ މީހެއްކަން ހާމަކުރުމުގެ އިތުރު، މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

 

މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

ބައެއް މީޑިއާތަކުގައިވާ ގޮތުން ހުޅުމާލޭ ބާބަކިޔު އޭރިޔާގައި ރޭޕްކޮށްލާފައި ވަނީ 19 އަހަރުގެ އަންހެނެކެވެ. ނަމަވެސް ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ރޭޕްކޮށްލާފައިވަނީ 27 އަހަރުގެ އަންހެނެކެވެ. އަދި އެކަން ކޮށްފައި ވަނީ ވެސް އިންޑަސްޓްރިއަލް އޭރިޔާގައެވެ. އެ އަންހެން މީހާ ރޭޕްކޮށްލުމަށް ފަހު އޭނާ ލައިގެންހުރި އަންނައުނުތައް ވެސް އެކަން ކުރިބަޔަކު ވަނީ ވިދާލުމަށް ފަހު އެ ސަރަހައްދަށް އުކާލާފަ އެވެ.

 

އެ އަންހެންމީހާ ރޭޕްކުރީ އެކަކުމެއް ނުވަތަ ގްރޫޕަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ބަރަހަނާ ހާލަތުގައި ހުއްޓައި ބަޔަކު ވަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 މާރޗް 2017 | ހޮނިހިރު 18:41
Ahmed
Thee bangaalhee ethi nuvatha dhivehsetho yageen kohla dheebala