ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 21:09
ގްރޭސް 1 ނަމަކަށް ކިޔާ ބޯޓު ހިފަހައްޓާފައިވަނީ ބުރާސްފަތި ދުވަހު
ގްރޭސް 1 ނަމަކަށް ކިޔާ ބޯޓު ހިފަހައްޓާފައިވަނީ ބުރާސްފަތި ދުވަހު
އޭޕީ
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް
ތެޔޮ ބޯޓް ހިފެހެއްޓި މައްސަލައިގައި އީރާނުގެ ދީނީ ލީޑަރަކު އިނގިރޭސިވިލާތަށް ބިރުދައްކައިފި
 
ބޯތުގެ ފަޅުވެރިންނާވަނީ ސުވާލުކޮށްފައި
 
ސީރިޔާއަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅުއެޅީ 2011 ވަނަ އަހަރު
 
ބޯޓުގައި 28 ފަޅުވެރިން ތިބި

ޖިބްރޯލްޓާއިން އިނގިރޭސި ސިފައިން އީރާނުގެ ސުޕަރޓޭންކަރު ހިފެހެއްޓި މައްސަލައިގައި ރައްދުގައި އިރާނުން އަޅާ ފިޔަވަޅަކަށް އިނގިރޭސިން ބިރުގަންނަން ޖެހޭނެކަމަށް އީރާނުގެ ދީނީ ލީޑަރަކު އިންޒާރުދެއްވައިފިކަމަށް ފާރސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފިއެވެ.

"އަޅުގަނޑު ފާޅުގައި މި ދަންނަވަނީ ގާނޫނާ ޚިލާފަށް އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓި މައްސަލައިގައި އީރާނުން ބަދަލުހިފުމުގެ ގޮތުން އަޅާ ފިޔަވަޅަކަށް އިނގިރޭސިން ބިރުގަންނަން ޖެހޭނެ" ދީނީ ގޮތުން ބާރުގަދަ ތަޖުރިބާކާރުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަލީ މޫސަވީ ޖަޒާއެރީ ހޮނިހިރު ދުވަހު ވިދާޅުވިއެވެ.

އޭނާވަނީ ބުލީ ކުރުމާއި ދެކޮޅަށް މަޑުން ނުތިބޭނެކަމަށާއި އެމެރިކާގެ ޑްރޯން މައްސަލައިގައި ރައްދުދިން ގޮތަށް ތެޔޮ ޓޭންކަރުގެ މައްސަލައިގައިވެސް ރައްދު ދޭނެކަމަށެވެ.

އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފަށް ސީރިޔާއަށް ތެޔޮ ހިފައިގެން ދާކަމަށް ތުހުމަތުކުރެވިގެން ޖިބްރޯލްޓާގެ ސަރުކާރުގެ އެދުމަކަށް އިނގިރޭސި ރޯޔަލް ނޭވީގެ ސިފައިން ތެޔޮބޯޓެއް ހިފަހައްޓާފައިވަނީ ބުރާސްފަތިދުވަހުއެވެ.

އިދާރާތަކުން ބުނެފައިވަނީ ގްރޭސް 1 ނަމަކަށް ކިޔާ ބޯޓުން ސީރިޔާގެ ބާނިޔާސް ރިފައިނަރީއަށް އުފުލަމުން ދިޔައީ އީރާނުގެ ސާފުނުކުރާ ތެޔޮކަން ގަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

ބީބީސީން ބުނެފައިވާގޮތުގައި ކަނޑުގެ ސިފައިންގެ 30 މީހުންނާއި 42 ކޮމާންޑޯއިން ބޯޓް ހިފެހެއްޓުމަށްޓަކައި ޖިބްރޯލްޓާގެ ސަރުކާރުގެ އެދުމަކަށް އިނގިރޭސިވިލާތުން ޖިބްރޯލްޓާއަށް ވައިގެ މަގުން ދަތުރު ކޮށްފައިވެއެވެ.

އިނގިރޭސިންގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ޖިބްރޯލްޓާގެ ތަރުޖަމާނު ވިދާޅުވީ ބޯޓުގައި ތިބި 28 ފަޅުވެރިންގެތެރޭގައި މައިގަނޑު ގޮތެއްގައިތިބީ އިންޑިއާއާއި ޕާކިސްތާނާއި ޔޫކްރެއިންގެ ރައްޔިތުންކަމަށެވެ.

ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި ޖިބްރޯލްޓާއިން ބުނެފައިވަނީ އިތުރު 14 ދުވަހަށް ބޯޓު ހިފަހައްޓާފައި ބޭއްވުމަށް އަމުރެއް ހޯދާފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
9%
14%
5%
73%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ