ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 14:45
މިއީ 20 އަހަރުގެ ތެރޭ އެ ސްޓޭޓަށްއައި އެންމެ ބާރުގަދަ ބިންހެލުން
މިއީ 20 އަހަރުގެ ތެރޭ އެ ސްޓޭޓަށްއައި އެންމެ ބާރުގަދަ ބިންހެލުން
އޭޕީ
ކެލިފޯނިއާގެ ބިންހެލުން
ކެލިފޯނިއާގެ ދެކުނުގެ ސަރަހަށްދަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
 
ބުރާސްފަތި ދުވަހުވެސް އެ ސަރަހައްދަށް ބިންހެލުން އައިސްފައިވޭ
 
ބިންހެލުން އައީ ހުކުރު ދުވަހު އެ ސްޓޭޓްގެ ގަޑިން ރޭގަނޑު 8:19
 
އެއްވެސް މީހަކަށް ހާނީއްކައެއްވެފައިވާކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވޭ

ކެލިފޯނިއާގެ ދެކުނުގެ ސަރަހަށްދަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ހުކުރު ދުވަހު އައި މި ބިންހެލުމަކީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭ ސްޓޭޓަށް އައި އެންމެ ބާރުގަދަ ބިން ހެލުން ކަމަށް އޮފިޝަލުން ބުނެއެވެ.

ހުކުރު ދުވަހު އެ ސްޓޭޓްގެ ގަޑިން ރޭގަނޑު 8:19 (ޖީއެމްޓީ ހޮނިހިރު ދުވަހު 3:19)ގައި ކުޑަ ސޓީއެއް ކަމަށްވާ ރިޖްކްރެސްޓްއަށް އައި ބިންހެލުން އައިސްފައިވަނީ ބިމުގެ ވަރަށް ތިލައިން ކަމަށް އެމެރިކާގެ ސީސިމޮލޮޖިސްޓުން ބުނެފައިވެއެވެ.

މި ބިންހެލުން އައިސްފައިމިވަނީ އޭގެ ކުރީ ދުވަހު ހަމަ އެ ސަރަހައްދަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވަނިކޮށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނިގޮތުއި ފަހުން އައި ބިންހެލުން ކުރިން އެރި ގުޑުންތަކަށްވުރެ 11 ގުނަ ބާރުގަދައެވެ.

ބިންހެލުން އައި ސަރަހައްދުން ފެށިގެން 240 ކިލޯ މީޓަރު ދުރަށް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު ފަޔަރ ޑިޕާޓްމަންޓުންވަނީ އަލިފާން ނިންވާ އެއްގަމު އުޅަނދުފަހަރާއި ހެލިކޮޕްޓަރު ފޮނުވައިގެން ލިބިފައިވާ ގެއްލުންތައް ބަލައި އެހީ ބޭނުންވެފައިވާ މީހުން ތިބިތޯ ބަލަންފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
67%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި