ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 17:51
އެންޑާރ ހެރޭރާ
އެންޑާރ ހެރޭރާ
ބީބީސީ
އެންޑާރ ހެރޭރާ
މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފިލްޑަރ ހެރޭރާ ޕީއެސްޖީއަށް
ހެރޭރާ ވަނީ ޕީއެސްޖީ އާއި އެކު ފަސް އަހަރުގެ އެއްބަސް ވުމެއް ގައި ސޮއި ކޮށްފަ

މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޑާރ ހެރޭރާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާރމަން (ޕީއެސްޖީ) އަށް ބަދަލު ވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ މިޑްފިލްޑަރުގެ ސޮއި ޕީއެސްޖީން ހޯދީ ހިލޭ ޓްރާންސްފަރ ފީއެއްގައެވެ. ހެރޭރާ ވަނީ ޕީއެސްޖީއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ހެރޭރާ ބުނީ، ޕީއެސްޖީއަކީ ފްރާންސްގައި އޮތް އެންމެ ވަރުގަދަ ކުލަބު ކަމަށާއި، އެޓީމަށް ބަދަލު ވުމުން އާ ތަޖުރިބާ ތަކެއް ކުރެވި މުޅިން އާ ކަންކަން ދަސްވާނެ ކަމަށެވެ.

މީގެ އިތުރުން ހެރޭރާ ބުނީ، އޭނާ ޕީއެސްޖީއާއެކު ކާމިޔާބު ކުރެވެން ހުރި ހުރިހާ ތައްޓެއް ކާމިޔާބު ކުރަން ބޭނުންވާ ކަމަށާއި، އުންމީދަކީ ކުލަބާއިއެކު ކާމިޔާބީ ތަކެއް ހޯދުން ކަމަށެވެ.

އަދި އޭނާ ވަނީ "ޕްރޮފެށަނަލް" ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމަށާއި، ޕީއެސްޖީގައި ބުރަކޮށް މަސައްކަތް ކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް ވައުދުވެފައެވެ.

ހެރޭރާ ވަނީ މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެދިން 187 މެޗުގައި 20 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ 27 އެސިސްޓް ހަދައިފައެވެ.

މީގެ އިތުރުން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގު ކަޕް އަދި ޔޫރަޕާ ލީގު ކާމިޔާބު ކޮށްފައެވެ. އަދި މީގެ ކުރިން ހެރޭރާ ވަނީ އެނާ ޔުނައިޓެޑް ދޫކޮށްލާނެ ކަން ހާމަ ކޮށްފައެވެ.

- ކޮމެންޓް