ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 16:42
ވޮލީ ޓީމުގެ ފަރިތަކުރުންތައް ސާބިޔާގައި ކުރިޔަށް ދަނީ
ވޮލީ ޓީމުގެ ފަރިތަކުރުންތައް ސާބިޔާގައި ކުރިޔަށް ދަނީ
ޓްވިޓަރ
އިންޑިޔަން އޯޝަން އައިލޭންޑް ގޭމްސް
އައިއޯއަޖީގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ސާބިއާގައި ފަށައިފި
ވޮލީ ޓީމުގެ އަމާޒަކީ މެޑައްޔެއް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ސާބިއާގައި ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާރމެންޓް އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޮލީ ޓީމުގެ ފަރަތަކުރުންތައް ސާބިއާގައި ފަށައިފައިވާ ކަމަށާއި، މި ކޭމްޕް ގެ ސަބަބުން ދިވެހި ގައުމީ ޓީމަށް ކުރިއެރުން ތަކެއް ލިބި އައިއޯއަޖީން މެޑައްޔެއް ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިއީ ރާއްޖޭގެ ވޮލީ ގައުމީ ޓީމެއް ޔޫރަޕްގައި ކޭމްޕް ކުރާ ފުރަތަމަ ފަހަރެވެ. ޓީމު ވަނީ ފުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާވެސް ބައްދަލުކޮށްފައެވެ.

ގައުމީ ވޮލީ ޓީމާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ވިދާޅުވީ މިއީ ޔޫރަޕްގެ ގައުމަކަށް އިތުރު ތަމްރީނުތަކަށް ގައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުސަތު ކަމަށެވެ. އަދި ސާބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ގައުމެއްކަން ފާހަނގަކުރައްވައި ރައީސް ސޯލިހު ވަނީ، މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އައިއޯއައިޖީ ގައި ވޮލީ ޓީމު ރަނގަޅު ކާމިޔާބީ އެއް ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައިއޯއައިޖީގައި ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރުންކަމުގައެވެ.

މުލިޔާގޭގައި ރައީސުލްޖުމްހޫރިއްޔާ އާއި އެކު ބޭއްވުނު ބައްދަލުވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ޓީމުގެ ކޯޗު ބުނީ، ސާބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ގައުމު ކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައިއޯއައިޖީގައި ގައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަގީންކަން ރައީސް ސޯލިހުއަށް ދެއްވާ ކަމަށް ބުނެފައެވެ.

ގައުމީ ވޮލީ ޓީމު ސާބިއާއަށް ފުރާފައިވާއިރު، ޓީމު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ތަމްރީން ފުރިހަމަކުރާނެއެވެ. އަދި މި ތަމްރީން ދަތުރުގައި ކުވައިތު އަދި ސާބިއާގެ ޓީމުތަކާއެކު ރާއްޖޭގެ ގައުމީ ޓީމުން މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ސާބިއާއަށް ވޮލީ ޓީމު ކުރާ ތަމްރީން ދަތުރަކީ ސާބިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހުނު ދަތުރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް