ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ އަދި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދޮންދަރިފުޅު ރިޒާ އަޒީޒް، މަނީ ލޯންޑަރކުރިކަމުގެ ތުހްމަތުގައި މެލޭޝިއާއިން ހައްޔަރު ކޮށްފިއެވެ.
ހޮލީވުޑްގެ މަޝްހޫރު ތަރި ލިއޮނާޑޯ ޑިކެޕްރިއޯ ފެނިގެންދާ، ބެލުންތެރިންގެ ތެރޭގައި މަގުބޫލު ވެގެން ދިޔަ ފިލްމް ވުލްފް އޮފް ވޯލް ސްޓްރީޓްގެ ޕްރޮޑިއުސަރ އަޒީޒް ވަނީ ހައްޔަރު ކުރުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާފައެވެ.
އަޒީޒްގެ ދޮންބައްޕާފުޅު ނަޖީބް ރައްޒާގް އާއި މަންމާފުޅު އަށް ވެސް ވަނީ ކޮރަޕްޝަންގެ ކުށުގެ ތުހުމަތުގައި ހުކުމެއް ކޮށްފައެވެ.
މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހެޑް ލަތީފާ ކޮޔާ އާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހު އަޒީޒް ކޯޓަށް ހާޒިރު ކުރެވޭނެއެވެ.
އަޒީޒް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ދޮގުކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
