Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 14:49
ފިޝަރީސް މިނިސްޓަރ މުހައްމަދު ޝައިނީ
ފިޝަރީސް މިނިސްޓަރ މުހައްމަދު ޝައިނީ
އަޒުމޫން އަހުމަދު
ފ އަތޮޅު މައްސަލަ
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
ފ އަޮތޮޅުގާ 10 ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ފަށަނީ

ސައުދީ ރަސްގެފާނަށް  ބޭއަދަބީ ބަހުން މުހާތަބު ކުރުމަކީ އިސްލާމު ދީނުގެ އުސޫލުތައް ފަނޑުކޮށްލުމަށް ކުރާ ކަމެއް ކަމަށް ފިޝަރީސް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސައުދީ ރަސްގެފާނަކީ މުޅި އިސްލާމީ އުންމަތުގެ ލީޑަރުގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓްވީޓްގައި ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒް އަލް ސައުދަށް، ހަޑިހުތުރު ބަހުން ފާޑުކިޔައި، ބޭ އަދަބީ އަމަލުތައް ހިންގުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެކަމަކީ މުޅި އިސްލާމީ އުސޫލުތަށް ނިކަމެތި ކޮށްލުމަށް ކުރާ ކަމެއް ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

ޝައިނީ މިހެން ވިދާޅުވެފައި ވަނީ ސައުދީގެ ޝާހީ އައިލާ އިން ފ. އަތޮޅުގައި ބޮޑު މަޝްރޫއުއެއް ފެށުމަށް އުޅޭ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅުފަރާތްތަކުން ދަނީ ސަރުކާރުން ފ. އަތޮޅުގެ ބޮޑު ބައެއް ސައުދީ އަށް ދީފި ވަނަ، ދިވެހިންގެ މިނިވަން ކަމަށް ހުރަސްއެޅި، ގައުމަށް އަރައިނުގަނެވޭވަރުގެ ގެއްލުމަކާ ކުރިމަތިވެދާނެ ކަމަށް ބުނެފަ އެވެ.

ފ. އަތޮޅުގައި ހިންގާ މަޝްރޫއުއާ ގުޅިގެން އެއަތޮޅުގެ ރައްޔިތުންނަށް ހުރިހާ ކަމެއް ސާފުކޮށްދިނުމަށް އެދި އެ އަތޮޅު ބިލަތްދޫ ރައްޔިތުން ހުކުރު ދުވަހު ވަނީ އިހްތިޖާޖުކޮށްފަ އެވެ.

އެއަތޮޅުގައި އިންގާ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެއަތޮޅުގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއު އެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 މާރޗް 2017 | ހޮނިހިރު 12:35
މަހުޖަނު
ދުލުގަ ހިފާ ދަމަން ނޫޅޭ ސައިނީ!