ނިއުކާސްޓަލް ޔުނައިޓެޑް ދޫކޮށް އަޔޯޒް ޕެރޭޒް ލެސްޓާ ސިޓީ އަށް ބަދަލު ވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕެރޭޒް ލެސްޓާ ސިޓީއާ ގުޅުނީ 30 މިލިޔަން ފައުންޑަށެވެ. ޕެރޭޒް ވަނީ ލެސްޓާ ސިޓީ އާއެކު ހަތަރު އަހަރުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ.
ފަންސަވީސް އަހަރުގެ ޕެރޭޒްވަނީ މިދިޔަ ސީޒަނުގައި ނިއުކާސްޓަލް ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާ ވަނީ 12 ލަނޑު ނިއުކާސްޓަލް ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައެވެ.
ލެސްޓާ ސިޓީގެ ކޯޗު ބްރެޑަން ބުނީ ޕެރޭޒް ވެގެންދާނީ ސަޕޯޓަރުން ބޭނުންވާނެ ފަދަ ކުޅުންތެރިޔަކަށް ކަމަށާއި އޭނާ އަކީ ގޯލާ ރައްޓެހި ހަލުވި ކުޅުންތެރިޔެއް ކަމަށެވެ.
ޕެރޭޒް ވަނީ ނިއުކާސްޓަލް ޔުނައިޓެޑަށް ކުޅެދިން 195 މެޗުން 48 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އަޔޯޒް ޕެރޭޒް ލެސްޓާ ސިޓީ އަށް ބަދަލުވިކަން ލެސްޓާ ސިޓީން ވަނީ ކަށަވަރުކޮށް ދީފައެވެ.