ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 07:17
ޒިމްބާބްވޭގެ ޕާސްޕޯޓު: ޕާސްޕޯޓް އޮފީހުން ބުނަނީ އުފައްދަން ބޭނުންވާ ތަކެތި ނެތްކަމަށް
ޒިމްބާބްވޭގެ ޕާސްޕޯޓު: ޕާސްޕޯޓް އޮފީހުން ބުނަނީ އުފައްދަން ބޭނުންވާ ތަކެތި ނެތްކަމަށް
ރޮއިޓަރސް
ޒިމްބާބްވޭގެ އިގްތިސާދީ ހާލަތު
ޒިމްބާބްވޭ އެންމެ ފަހުން ޕާސްޕޯޓަށް ވެސް ޖެހިއްޖެ!
 
ނަމްބަރު ބޯޑު ހަދަން ބޭނުންވާ ތަކެތި ގަންނަން ބޭނުންވާ ފައިސާވެސް ހަމަނުޖެހޭ
 
ޕާސްޕޯޓް ހައްދަން ބޭނުންވާ ތަކެތި ގަންނާނެ ބޭރު ފައިސާއެއް ނެތް
 
އެ ގައުމުން ވަނީ ޑޮލަރާއި، ތެޔޮ އަދި ކާން ބޭނުންކުރާ ޕާން ތާށިވެފަ

ޑޮލަރު މަދުވުމާއި ގުޅިގެން ޒިމްބާބްވޭއިން ޕާސްޕޯޓާއި އުޅަނދުފަހަރުގެ ނަމްބަރު ބޯޑު ހުސްވެ، އެ ގައުމުގެ ރައްޔިތުން މިތަކެތި ހޯދަން އަހަރުތަކެއް ވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އަންގައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި ވެރިކަން ކުރި ރޮބަޓް މުގާބޭއަށް ފަހު ވެރިކަމަށް އައި އެމަރސަން ނަންގާވާގެ ވެރިކަމުގައި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކޮށްގެން ތިބި ކަމުގައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައި ނުވެއެވެ. އެގޮތުން އެ ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެ މިހާރު އެ ގައުމުން ވަނީ ޑޮލަރާއި، ތެޔޮ އަދި ކާން ބޭނުންކުރާ ޕާން ތާށިވެފައެވެ. އަދި ހަކަތަ ނުލިބުމާއި ގުޅިގެން އެ ގައުމުގައި 15 ގަޑި އިރު ވަންދެން ކަރަންޓު ކެނޑުމުގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެ ގައުމުގެ ސަރުކާރުން ވަނީ ވަގުތީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އާރްޓީޖީއެސް ޑޮލަރު (ޒިމްބާބްވޭ ޑޮލަރު) އެ ގައުމުގައި ބޭނުންކުރެވޭ ހަމައެކަނި ނަގުދު ފައިސާ ކަމަށް ނިންމާފައެވެ. މި ފިޔަވަޅުގެ ސަބަބުން އެ ގައުމުން ވަނީ ޒަމާންތަކެއް ވަންދެން ގެންގުޅުނު "ޑޮލަރައިޒޭޝަން" (އަމިއްލަ ފައިސާގެ ބަދަލުގައި އެމެރިކާ ޑޮލަރު ގެންގުޅުން) ސިޔާސަތުތައް ބަދަލުވެ، އަމިއްލަ ފައިސާ ވަރުގަދަ ކުރަން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައެވެ.

ވެރިރަށް ހަރާރޭގައި ހުންނަ ޕާސްޕޯޓު އޮފީހުގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން ފަތިހު ފަހެއް ޖެހީންސުރެ ޕާސްޕޯޓު ހޯދަން ކިއު ހަދާފައިވާ އިރު، އެ މީހުންގެ ލިޔެކިޔުން ބަލާ އަންނަން ދިން ތާރީހަކި 2022 ވަނަ އަހަރެވެ.

ޕާސްޕޯޓު ނުލިބިގެން އުޅެނީ އެ ތައްޔާރުކުރަން ބޭނުންވާ ހާއްސަ ކަރުދާހާއި ދެއްޔަކީ ބޭރުން އެތެރެކުރަން ޖެހޭ ތަކެއްޗަށް ވެފައި، އެ ގައުމުގައި ބޭރު އެތަކެތި ގަންނާނެ ބޭރު ފައިސާ ނެތުމުންނެވެ. އަދި އުޅަނދުފަހަރުގެ ނަންބަރު ބޯޑުވެސް ނުލިބިގެން އުޅެނީ އެތަކެތި ގެންނަ ޖަރުމަނުގެ ސަޕްލަޔަރަށް ދޭންޖެހޭ ފައިސާ އެ ގައުމުގެ މަރުކަޒީ ބޭންކުން ހަމަނުޖެހިގެންނެވެ.

36%
0%
53%
2%
9%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި