Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 09:20
އެމްޑީޕީ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
މުޅި މާލޭގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް، ނަމަވެސް މާލެއަށް ތަރައްޤީ މި ސަރުކާރުން އެބަ ގެނޭ
މި ސަރުކާރުން ގަބޫލުކުރާގޮތުގައި އަތޮޅުތެރޭގައި އުޅެނީ "ރާއްޖެތެރޭ މީހުން"، އެކަމަށް ނޫނެކޭ ބުނަންޖެހޭ
މިއަދު ޖެހިފައިމިވަނީ "ތޮށަލިތަކުރާޖެހުނު ވިގަންޏާ"

މި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ޕްރޮޖެކްޓެއް ބޭނުންކަމުގައިވާނަމަ، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

 

ށ. ފޯކައިދުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވީ، މާލެގެ ކައުންސިލްއާއި، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ  މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށެވެ. އަދި މުޅި މާލެ ތަމްސީލްކުރަނީ އެމްޑީޕީގެ މެމްބަރުން ކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާކަމަށް ބުނާ ތަރައްޤީގެ އެންމެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ މާލޭގައި ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ބުނާ ތަރައްޤީގެ ޕްރޮޖެކްޓްތައް ބޭނުންކަމުގައިވާނަމަ އެމްޑީޕީގެ މެމްބަރުންނަށް ކައުންސިލް އިންތިހާބުގައި ވޯޓުދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

 

"މަލޭ ކައުންސިލްގެ ގިނަ ގޮނޑިތައް، މާލޭގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް، ނަގައިގެން ތިބީ އެމްޑީޕީގެ މީހުން. މާލޭގައި ހިންގާވަރާއި ގަތަށްވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި މި ސަރުކާރުން ތަރައްޤީގެ މަޝްރޫއެއް ނުހިންގާ. އެހެންވިމަ ތިޔަ ބޭފުޅުންވެސް ހައްދަވަންވީގޮތަކީ ތަރައްޤީގެ މަޝްރޫއު ބޭނުންވާކަމަށްވާނަމަ އެމްޑީޕީއަށް ވޯޓުދެއްވަންވީ" ޝާހިދު ވިދާޅުވި އެވެ.

 

އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިއަދު ޖެހިފައިމިވަނީ "ތޮށަލިތަކުރާޖެހުނު ވިގަންޏާ" ކަމަށެވެ. އެގޮތުން ދައުލަތުގެ ތެރެއިން އެތަށް ބައިވަރު ފައިސާއެއްކަމުންގެންދާކަމަށާއި، އެގޮތަށް އެއް ބިލިއަން ރުފިޔާ ކައިފައިވާކަމަށެވެ. އަދިވެސް ކަމުންގެންދާއިރު، "ތޮށަލިތަކުރާޖެހުނު ވިގަނި" މިހާރު އުޅެނީ އަތޮޅެއް ވިއްކާ ކާލުމަށްކަމަށް ޝާހިދު ވިދާޅުވި އެވެ.

 

ޝާހިދު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދާއިރު، ސަރުކާރުން ރަނުގެ ދިއުޓީ އެއްކޮށް ކަނޑާލައި، ލަގްޖަރީ ޔޮޓްތަކުން ނަގާ ޑިއުޓީވެސް ކަނޑާލާފައިވާކަމަށެވެ. އަދި މި ސަރުކާރަށް ގަބުލުކުރެވިފައި އޮންނަގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން އުޅެނީ ރަން އަޅައިގެން ލަގްޖަރީ ޔޮޓްތަކުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ތަކެތި ޑިއުޓީ ކަނޑާލުމަށްފަހު، އެންމެފަހުން ސަރުކަރުން ރައްޔިތުންގެ ކަރަށް އަތްބާނާފައިވާކަމަށާއި، މި އަނިޔާވެރިކަމުން ސަލާމަތްވާންޖެހޭކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިއަށް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީންގެ ކިބައިން ޤައުމު ސަލާމަތްކުރާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް