ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 15:57
ވެކޭޝަން އެކްސްޕޯގެ މެއިން ސްޕޮންސަރުން ހަމަޖައްސުން
ވެކޭޝަން އެކްސްޕޯގެ މެއިން ސްޕޮންސަރުން ހަމަޖައްސުން
ގޫގުލް
ވެކޭޝަން އެކްސްޕޯ
ހަތަރުވަނަ ވެކޭޝަން އެކްސްޕޯ ފަށައިފި
 
ހާއްސަ އިނާމްގެ ގޮތުގައި 3 އުމުރާ ދަތުރު ހިމެނޭ
 
މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓްރެވެލް ފެއަރ ބްރޭންޑް
 
މިއެކްސްޕޯ ބާއްވަން ފަށާފައިވަނީ 2016 އިން ފެށިގެން

ހަތަރުވަނަ ވެކޭޝަން އެކްސްޕޯ ދަރުބާރުގޭގައި ފަށައިފި އެވެ.

މި އެކްސްޕޯގެ މެއިން ސްޕޮންސަރުންނަކީ "އޭސްއޭވިއޭޝަން، އޭސް ޓްރެވެލެސް އަދި އިނަރ މޯލްޑިވްސް" އެވެ.

މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓްރެވެލް ފެއަރ ބްރޭންޑެވެ. ހާއްސަކޮށް ރާއްޖެއިން ބޭރާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗުއްޓީއަށްދާ ދިވެހިންނާއި ބޭރު މީހުންނަށް ވަރަށް ފުރިހަމަ ފުރުޞަތުތަކެއް ފަހިކޮށްދޭ ފެއަރ އެކެވެ.

2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މިފެއަރ ވެގެންގޮސްފައިވަނީ އެއަރލައިންތަކާއި ބޮޑެތި ޓުއަރިޒަމް ޑެސްޓިނޭޝަންތަކަށް ވަރަށް ކަމުދާ ފެއަރއަކަށް ކަމަށް މިފެއަރ އިންތިޒާމްކުރާ ހައިރައިޒުން ބުންޏެވެ.

ކުރީ އަހަރުތަކުގެ ފެއަރތަކުގައި ސިންގަޕޯރ، ތައިލެންޑް އަދި ބޫޓާންގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެގައުމުތަކުންވެސް ވަނީ މިފެއަރގައި ބައިވެރިވެފައެވެ.

ހައިރައިޒް އިން ބުނީ އަހަރަކު އެއްފަހަރު ބާއްވާ މި އެކްސްޕޯގެ މި އަހަރުގެ އެޑިޝަން ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ދަރުބާރުގޭގައި ކަމަށެވެ.

އެ ތިން ދުވަހު ވެސް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2 އިން ހަވީރު 4 އަކަށް އަދި ރޭގަނޑު 8 އިން 11 އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ އިތުރަށް ޕްރޮމޯޓް ކުރުމެވެ. އެގޮތުން، މި އެކްސްޕޯގައި ބައިވެރިވާނީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މި މަހާސިންތާގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންނާ ހިއްސާކުރުން ކަމަށް ހައިރައިޒުން ބުންޏެވެ.

އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް އަމާޒުކޮށް ތަފާތު ގިނަ އިނާމްތަކެއް ހުށަހަޅާފައިވާއިރު، މި އެކްސްޕޯގެ ތެރެއިން ހާއްސަ މަހާސިންތާއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރުވެސް ހާއްސަ އިނާމްގެ ގޮތުގައި 3 އުމުރާ ދަތުރުވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 5 އިން 7 އަށް ނެޝެނަލް އާރޓް ގެލަރީގައި ބޭއްވި ވެކޭޝަން އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށާއި އެ އެކްސްޕޯ އަށް 4،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ހައިރައިޒުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ