Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 00:12
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ގައުމީ އަރުޝީފް
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
ގަވާއިދަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައި

ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓްތަކާއި، ރިކޯޑްތަކާއި މައުލޫމާތުތައް ނައްތާލުމާ ބެހޭ ގޮތުން އަމަލުކުރަންވީ ގޮތުގެ ގަވާއިދެއް ގައުމީ އަރުޝީފްގެ ފަރާތުން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުންތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ނައްތާލެވޭނީ މި ގަވާއިދުގެ ދަށުންނެވެ.

ގައުމީ އަރުޝީފުން އެކުލަވާލި މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ރަސްމީ ލިޔެކިޔުންތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ނައްތާލަން އެދި ޤައުމީ އަރުޝީފަށް ހުށަހެޅުމުން އެ ހުށަހެޅުމަކާ މެދު ގައުމީ އަރުޝީފުން ގޮތެއް ކަނޑައަޅައި ލަސްވެގެން 30 ދުވަހުގެ ތެރޭގައި ލިޔުމަށް ޖަވާބްދާރީ ވާންޖެހޭނެއެވެ.

ލިޔެކިޔުންތައް ނައްތާލުމުގައި ބަލާނެ މިންގަނޑުތަކެއް މި ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެއީ

  • އެޓަރނީ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ރަސްމީ ލިޔެކި ލިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދަޢުވާއަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން
  • އޮޑީޓާ ޖެނަރަލް އޮފީހުގެ އޮޑިޓް ރިޕޯޓްތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި،ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން
  • އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން
  • ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ތަހުގީގަކަށް ނުވަތަ ޝަރުއީ ކޯޓެއްގައި ނުވަތަ ޓްރައިބިޔުނަލްއެއްގައި ހިނގަމުންދާ ގަޒީއްޔާއަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓްތަކާއި ރިކޯޑްތަކާއި މައުލޫމާތުތައް ކަމުގައި ނުވުން
  • ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، އެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯ، ރިކޯޑުތަކާއި، މަޢުލޫމާތު ނެތުމުން ދަތިވާނެ ރަސްމީ ލިޔެކިޔުންތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން
  • ގައުމުގެ ތާރީޚަށްޓަކައި ކޮންމެހެން ބޭނުންވާނޭ ކަމަށް ފެންނަ ރަސްމީ ލިޔެކިޔުންތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން
  • އެހެން ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ވަކި މުއްދަތަކަށް ބެހެއްޓުން ލާޒިމުކުރާ ރަސްމީ ލިޔެކިޔްތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތެއްކަމުގައި ނުވުން

ގައުމީ އަރުޝީފުން އެކުލަވާލާފައިވާ މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދުގެ ދަށުން ނައްތާލަން ހުއްދަދޭ ތަކެތި ނައްތާލުމުގެ އެންމެހާ މަސައްކަތް ހިންގާނީ، ތަކެތި ނައްތާލުމަށް އެދުނު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުންނެވެ. އަދި ހުރިހައި ހަރަދެއް ކުރަން ޖެހޭނީ ވެސް ލިޔެކިޔުންތައް ނައްތާލުމަށް އެދުނު ކުންފުންޏަކުން ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް