ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 07:18
ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރި ފަރާތުގެ ގުރުއަތު ނަގަނީ
ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރި ފަރާތުގެ ގުރުއަތު ނަގަނީ
ރާއްޖެއެމްވީ
ރެއިންބޯ ރަމަޟާން ސޭލް
ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި
 
ރޯދަ ސޭލް ގައި 500ރ. އިން މަތިން އެ ފިހާރައިން ވިޔަފާރިކުރި ހުރިހާ ފަރާތްތަކެއް ވަނީ ހިމަނާފައި
 
ވޭތިވެދިޔަ އަހަރުތަކާއި އަޅާ ބަލާއިރު މިއަހަރުގެ ޕްރޮމޯޝަންގައި ލިބުނު ތަރުހީބު ބޮޑު

ރެއިންބޯގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއިންބޯ ލިވިން މޯލްގައި ބޭއްވި ގުރުއަތު ނެގުމުގައި ވަނީ ރޯދަ މަހު ބޭއްވި ދެ ޕްރޮމޯޝަނެއްގެ ނަސީބުވެރިން ހޮވައިފައެވެ.

މުދަލުގެ ރީފަންޑު ލިބޭ ޕްރޮމޯޝަންގެ ނަސީބުނެރި ފަރާތަކަށް ހޮވިފައިވަނީ ކޫޕަން ނަމްބަރު 250870އެވެ.

ރެއިންބޯ ރޯދަ ސޭލް ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އުމްރާ ދަތުރު ވަނީ ދީފައެވެ.

މި ތިން ފަރާތަކީ ކޫޕަން ނަމްބަރު 282300، 279351 އަދި 254553 އެވެ.

ގުރުއަތުން ހޮވުނު މި ތިން ފަރާތަށްވެސް އިތުރު އެކަކު އުމްރާއަށް ގެންދިއުމުގެ ފުރުސަތު ވަނީ ދީފައެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު، އަބްދުﷲ އަސްލަމް ވިދާޅުވީ ވޭތިވެދިޔަ އަހަރުތަކާއި އަޅާ ބަލާއިރު މިއަހަރުގެ ޕްރޮމޯޝަންގައި ލިބުނު ތަރުހީބު ބޮޑު ކަމަށެވެ.

އަގުބޮޑު ގިނަ އިނާމުތަކާއެކު ރެއިންބޯ އިން ބޭއްވި ރޯދަ ސޭލްގައި 500ރ. އިން މަތިން ވިޔަފާރިކުރި ހުރިހާ ފަރާތްތަކެއް ވަނީ ގުރުއަތު ނެގުމުގައި ހިމަނާފަ އެވެ.

މިއަހަރު އަދި އިތުރު ދެ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޔާ އެންޑް ޕްރޮމޯޝަން އަދި ޑިސެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެނިވާސަރީ ޕްރޮމޯޝަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި