ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 14:52
އިމާރަތްކުރަމުންދިޔަ ސައިޓް ކައިރީގައި ހުރި ފާރުވެއްޓުމުގެ ހާދިސާ
އިމާރަތްކުރަމުންދިޔަ ސައިޓް ކައިރީގައި ހުރި ފާރުވެއްޓުމުގެ ހާދިސާ
އިންޑިޔާ ޓުޑޭ
ޕޫނޭ ވިއްސާރަ
ޕޫނޭގައި އިމާރަތްކުރަމުންދިޔަ ސައިޓެއްގެ ކައިރީގައި ހުރި ފާރު ވެއްޓި 15 މީހުން މަރުވެއްޖެ
 
މިހާތަނަށް އައިއިރު ސަލާމަތް ކުރެވުނީ ތިން މީހުން
 
މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިންޑިއާގެ ހުޅަނގު ސިޓީއެއް ކަމައްވާ ޕޫނޭގައި އިމާރަތް ކުރަމުންދިޔަ ސައިޓެއްގެ ކައިރީގައި ހުރި ފާރު ވެއްޓި 15 މީހުން މަރުވެއްޖެއެވެ.

އިމާރަތްކުރަމުންދިޔަ ސައިޓު ކައިރީގައި ހުރި ފާރު ވެއްޓި ފައިވަނީ އެ ސައިޓްކައިރީގައި ހަދާފައި ހުރި މަސައްކަތުމީހުން ތިބޭ ވަގުތީ ހަޓުތަކެއްގެ މައްޗަށެވެ. ފާރު ވެއްޓުނު ވަގުތު މަސައްކަތް ކުރަމުން ދިޔަ މީހުންގެ އާއިލާ މީހުންތިބީ ނިދާފައި ކަމަށް މައުލޫމާތުލިބެއެވެ. މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިން ވެސް ހިމެނެއެވެ.

ފާރުގެ ދަށުވެފައިތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް އައިއިރު ސަލާމަތް ކުރެވުނީ ތިން މީހުން ކަމަށް ފަޔާ ބްރިގޭޑް މައުލޫމާތު ދެއެވެ.

ޕޫނޭ އަށް އަންނަނީ ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހެމުންނެވެ. ކޮންމެ އަހަރެއްގެ ވެސް ޖޫންމަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދަކީ އިންޑިއާއަށް ވާރޭވެހޭ ދުވަސްވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
14%
14%
57%
14%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި