Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 18:18
ރޯވެފައިވާ އަލިފާން ގަނޑެއް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަނީ
ރޯވެފައިވާ އަލިފާން ގަނޑެއް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އަލިފާން ރޯވުން
މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް
އަލިފާން ރޯވީ މއ. ރިމްލާ ގޭގައި

ހުކުރު ދުވަހުގެ ހެނދުނު 11:15 އެހާއިރު އެންސްޕާ ގޯޅި ތެރޭގައި ހުރި މއ. ރިމްލާ ގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވީ އުނދުން މައްޗަށް އުދާފައިވާ ތެޔޮ އެއްޗެއްގައި ކަމަށާއި، ފުލުހުންނަށް ދެވުނު އިރު، އެ ގޭގެ މީހުން ވަނީ އަލިފާން ރޯވި ތެލީގައި ފޮތިގަނޑެއް އަޅައި އަލިފާންގަނޑު ނިއްވާލާފައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފޮތިގަނޑު އެޅުމުގެ ތެރޭގައި އެއިން މީހެއްގެ އަތް ކޮންމެވެސް ވަރަކަށް ފިހުނު ކަމަށާއި، ހޮސްޕިޓަލަށް ގެންދާން އުޅުމުން އެ ފަރާތުންވަނީ ހޮސްޕިޓަލަށް ދާން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް