ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 12:29
ކުރުދިސްތާނުގެ މުސަލަ ޑެމްގެ ޓައިގްރިސް ކޯރުކައިރިން  ފެނުނު ގަނޑުވަރު
ކުރުދިސްތާނުގެ މުސަލަ ޑެމްގެ ޓައިގްރިސް ކޯރުކައިރިން ފެނުނު ގަނޑުވަރު
ސީ.އެން.އެން
އިރާގުން ފެނުނު ގަނޑުވަރު
3400 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ގަނޑުވަރެއް ފެނިއްޖެ
 
އާކިއޮލޮޖިސްޓުންނަށް އެންމެ ފުރަތަމަ މި ގަނޑުވަރު ފެނިފައިވަނީ 2010ވަނަ އަހަރު
 
ގަނޑުވަރު ފެނުނީ އިރާގުގެ ކުރުދިސްތާނުގެ މުސަލަ ޑެމްގެ ޓައިގްރިސް ކޯރުކައިރިން

ހަނަފަސްވެ ވާރޭނުވެހި ގިނަދުވަސްވެ ކޯރުގެ ފެންގަނޑު ހިނދުމުގެ ސަބަބުން 3400 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ގަނޑުވަރެއް ފެނިއްޖެއެވެ.

އިރާގުގެ ކުރުދިސްތާނުގެ މުސަލަ ޑެމްގެ ޓައިގްރިސް ކޯރުކައިރިން މި ފެނުނު ގަނޑުވަރަކީ މިއްތާނީ ރަސްކަމުގެ ދައުރުގެ ހަލޯރަތުގެ ހޯދުންތައް އިތުރަށް ދިރާސާކޮށް ދެނަގަތުމަށް ހުޅުވުނުދޮރެއް ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

މިއްތާނީ ރަސްކަމަކީ މިހާތަނަށް އެންމެ މަދު މައުލޫމާތު އާކޮއޮލޮޖިސްޓުންނަށް ހޯދިފައިވާ ހަލޯރަތެވެ.

މި ގަނޑވަރު ކޯރުން މައްޗައް 65 ފޫޓަށް ހުރިކަމަށާއި ނަމަވެސް ފަހުން މި ގަނޑުވަރު ތެދު ކުރުމަށްޓަކައި ވަނީ ކިސަޑުގެ ޓެރަސްތަކެއް ލާފައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިގަނޑުވަރުގެ ފާރުތައް ދެ ފޫޓަށް ވުރެ އުސް ނޫން ކަމަށާއި އަދި ގަނޑުވަރަށް ފަހުން އެހެން ކޮޓަރިތައް ލާފައިވާކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ދިރާސާކުރާ ޓީމުން އިތުރަށް ބުނީ ގަނޑުވަރުގެ ފާރުތަކުގައި ހުރީ ރަތާއި ނޫކުލަ ކަމަށާއި ނަމަވެސް ދިގުމުއްތަކަށް ފެންނާނެ ގޮތަކަށް ރައްކާކޮށްފައި ނެތުމުގެ ސަބަބުން މިހާރު ކުލަތައް ވަނީ ވަރަށް ބޮޑަށް ފަނޑުވެފައި ކަމަށެވެ.

މި ގަނޑުވަރުން ކުރީގެ ލިޔުންތައް ހުރި ދިހަ ޓެބްލެޓް ފެނިފައިވާ ކަމަށާއި މިހާރު ވަނީ އެތަކެތި ތަރުޖަމާކުރުމަށްޓަކައި ޖަރުމަނު ވިލާތައް ފޮނުވާފައެވެ.

އާކިއޮލޮޖިސްޓުންނަށް އެންމެ ފުރަތަމަ މި ގަނޑުވަރު ފެނިފައިވަނީ 2010ވަނަ އަހަރުއެވެ. ނަމަވެސް އޭރު އެތަން ދިރާސާ ކުރުމަށް ކޮނުމުގެ ފުރުސަތު ނުލިބެނީސް ކޯރުގެ ފެންގަނޑުވަނީ ބޮޑުވެފައެވެ.

މި ގަނޑުވަރުގެ ދިގުމިނުގައި ގާތްގަނޑަކަށް 500 މީޓަރު ހުންނާނެ ކަމަށް ލަފާކުރާއިރު މި ހިސާބުގައި އިހުގެ ބޮޑެތި ގެތަކާއި ގިނަ މަގުތަކުގެ އިތުރުން ގަބުރުސްތާނެއް ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
59%
19%
5%
3%
5%
8%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި