ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 11:36
ގަސްބޯ ހިސާބަކުން ކުއްޖާ ނަގަނީ
ގަސްބޯ ހިސާބަކުން ކުއްޖާ ނަގަނީ
ބީބީސީ
ޕްލާސްޓިކް ކޮތަޅަކަށް ލާ އެއްލާލި ކުއްޖާ
ޕްލާސްޓިކް ކޮތަޅަކަށް ލާ އެއްލާލާފައި އޮތް ކުއްޖާ ގެ ހާލު ރަނގަޅު
 
ކުއްޖާ އެޑޮޕްޓް ކުރުމަށް ވަރަށް ގިނަ އާއިލާތަކުން ވަނީ ހުށަހާޅާފަ
 
ދާއިމީ އާއިލާއެއް ހަމަޖެހެންދެން އެ ކުއްޖާ ވަނީ ވަގުތީގޮތުން "ޗައިލްޑް ޕްރޮޓެކްޓިވް ސާރވިސެސް" އާއި ހަވާލުކުރެވިފަ
 
ޕްލާސްޓިކް ކޮތަޅަކަށް ލާ އެއްލާލި ކުއްޖާ ގެ ހާލު ރަނގަޅު

ޕްލާސްޓިކް ކޮތަޅަކަށް ލާ އެއްލާލި ކުއްޖާ ގެ ހާލަތު ރަނގަޅު ކަމަށް ބީބީސީ ނިއުސް އިން ރިޕޯޓު ކޮށްފިއެވެ.

އިންޑިޔާގެ ނަމުން މަޝްހޫރު ވެފައިވާ ކުއްޖާ އެއްލާލާފައި އޮއްވާ ފެނިފައިވަނީ ޖޯޖާގެ ގަސްބޯ ހިސާބަކުންނެވެ.

މި ކުއްޖާ ޕްލާސްޓިކް ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނުނީ ޖޯޖާގެ ރައްޔިތުންތަކަކަށް ޖޫން 6 ގައެވެ.

އަދި ފުލުހުންވަނީ ވަގުތުން މި ކުއްޖާ އަވަސް ފަރުވާ ދިނުމަށްޓަކާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"އިންޑިޔާ" ނަމުން މަޝްހޫރުވެފައިވާ ކުއްޖާ ފެނުނު ތާ މިހާރު ތިން ހަޕްތާ ވެފައިވާއިރު ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ބީބީސީގެ އޮންލައިން ނޫހުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިކުއްޖާއަށް ދާއިމީ އާއިލާއެއް ހަމަޖެހެންދެން ވަނީ ވަގުތީގޮތުން "ޗައިލްޑް ޕްރޮޓެކްޓިވް ސާރވިސެސް" އާއި ހަވާލު ކުރެވިފައެވެ.

ޖޯޖާގެ ފެމިލީ އަދި ޗިލްޑްރެން ސާރވިސް ގެ ޑިރެކްޓަރު ޓޮމް ރޯލިންގްސްއާއި ހަވާލާދީ ބިބީސީ ނިއުސްގައި ލިޔެފައިވަނީ މި ކުއްޖާ އެޑޮޕްޓް ކުރުމަށް ވަރަށް ގިނަ އާއިލާތަކުން ހުށަހަޅައިފައިވާ ކަމަށެވެ. 100 އަށް ވުރެ ގިނަ އާއިލާ ތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ބީބީސީ ނިއުސްގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
8%
18%
57%
15%
0%
2%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި