ކ. މާލެ
|
28 ޖޫން 2019 | ހުކުރު 13:13
ނާސާގެ ޑްރޯން \"ޑްރެގަންފްލައި\"ގެ ކުރެހުމެއް
ނާސާގެ ޑްރޯން "ޑްރެގަންފްލައި"ގެ ކުރެހުމެއް
ނިއުޔޯކް ޓައިމްސް
ނާސާ
ނާސާއިން ޓައިޓަންގައި ދިރުމެއްވޭތޯ ބެލުމަށް ޑްރޯންއެއް ފޮނުވަނީ
 
ޓައިޓަންއަކީ ސޯލާ ސިސްޓަމްގައި ދުނިޔެއާ އެއްގޮތަށް ޖައްވީ ފަށަލައެއް ލެވިފައިވާ ހަމައެކަނި ހަނދު
 
ޑްރޯން ލޯންޗުކުރަން ހަމަޖެހިފައި ވަނީ 2026 ގަ

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މިހާރު ކުރަމުންދާ މަސައްކަތަކީ ސޯލާ ސިސްޓަމްގައި އިތުރު ދިރުމެއްވޭތޯބެލުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެޓާންގެ އެންމެ ބޮޑު ހަނދު ކަމަށްވާ ޓައިޓަންއަށް ޑްރޯން ހެލިކަޕްޓަރެއް ފޮނުވުން ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޑްރެގަންފްލައިގެ ނަން ދީފައިވާ، ގޮލްފް ކާރޓެއްވަރުގެ އެ ޑްރޯން ލޯންޗުކުރަން ހަމަޖެހިފައި ވަނީ 2026 ގައެވެ. ނިއުކްލިއަރ ހަކަތައިގެ އެހީގައި މި ޑްރޯން ޓައިޓަންގެ ޖައްވުގެ ވައިގެ ފަށަލާގައި 100 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ހުންނާނެކަމަށް ނާސާއިން ބުނެއެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ޓައިޓަންއަކީ ސޯލާ ސިސްޓަމްގައި ދުނިޔެއާ އެއްގޮތަށް ޖައްވީ ފަށަލައެއް ލެވިފައިވާ ހަމައެކަނި ހަނދެވެ. އަދި ދުނިޔެ އެންމެ ކުރިން އޮތްގޮތާ ޓައިޓަންއާ އެއްގޮތް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ޓައިޓަންގައި ދުނިޔެއެކޭ އެއްގޮތަށް ކޯރުތައް އުފެދިފައި ވެއެވެ. ނަމަވެސް އެ ކޯރުތައް އުފެދިފައި ވަނީ ފެނުގެ ބަދަލުގައި ލިކުއިޑް މީތޭންއިންނެވެ. އަދި ބައެއް ސައިންސްވެރިން ވަނީ ދުނިޔޭގެ ފެނުގައި ދިރުންތައް އުޅޭ ގޮތަށް ޓައިޓަންގެ މެތޭން ކޯރުތަކުގައިވެސް ދިރުންތައް އުޅެދާނެ ކަމަށް ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
75%
0%
0%
0%
0%
25%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ