ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 17:33
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަން
އުރީދޫ
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަންގެ ހަރަކާތްތައް މާދަމާ އައްޑޫގައި ކުރިއަށްދާނެ!
އުރީދޫ ކަލަރ ރަން އޮންނާނީ 28 ޖޫންގައި

ކުރިއަށް އޮތް ހަފްތާ ބަންދުގައި އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ކަލަރ ރަން، ގުޑި މަހާސަމާ، އަދި ޓްވިޓްސާފު އައްޑޫ އެޑިޝަންގައި ބައިވެރިވުމަށް އުރީދޫ ފުރުޞަތު ހުޅުވާލައިފިއެވެ.

އުރީދޫ ގުޑި މަހާސަމާ، ޖޫން 28 ވާ ހުކުރު ދުވަހުގެ ހެނދުނު 8.00 ން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާއިރު، އުރީދޫ ކަލަރ ރަންގެ ކުރިން ބާއްވާ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

އުރީދޫ ކަލަރ ރަން، ޖޫން 28 ވާ ހުކުރު ދުވަހުގެ ހަވީރު 3.30 ން 6.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ޓްވިޓްސާފު އައްޑޫ، 29 ޖޫން ވާ ހޮނިހިރު ދުވަހުގެ ހަވީރު 3.00 ން 6.00 ކަށް، އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާއިރު، އުރީދޫ އާއި ގުޅިގެން، ކުރިއަށްދާ މި ހަރަކާތުގެ އިފްތިތާޙީ ހަފްލާ ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ.

ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައެވެ.

ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ.

- ކޮމެންޓް