މެލޭޝިޔާގެ ކުއާލަމްޕޫރ އެއާޕޯޓުން 5000 ވުރެ ގިނަ ކަހަނބު އަދި 14 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހަކު ހައްޔަރު ކޮށްފިއެވެ.
ބުދަ ދުވަހު މެލޭޝިޔާ ކަސްޓަމްސްގެ އޮފިޝަލު އޭބީސީ ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އެއާ އޭޝިޔާއާގެ ފްލައިޓެއްގައި ޗައިނާގެ ގުއާންޖޯއިން ދަތުރު ކުރި އިންޑިޔާގެ ދެމީހެއްގެ ލަގެޖްތެރޭގައި އޮތް ކުޑަ ބާސްކެޓެއްގެ ތެރެއިން 5200 އަށް ވުރެ ގިނަ ރެޑް އިއާ ސްލައިޑަރ ވައްތަރުގެ ކުދި ވެލާ ފެނިފައިވާ ކަމަށެވެ.
އިތުރަށް އޭނާ ބުނީ މި ވެލާ ތަކުގެ އަގު 12000 އެމެރިކާ ޑޮލަރަށް އަރާ ކަމަށާއި މި ވެލާތަކަކީ އިނޑިޔާއަށް ވިއްކާލުމަށް ގެންދަން އުޅުނު ވެލާ ތަކެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަދި 42 އަހަރުގެ މީހުން ކަމަށާއި މި މީހުންނަށް ޖޫރިމަނާގެ އިތުރުން ފަސް އަހަރުގެ ޖަލުހުކުމެއް އަންނާނެ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އިންޑިޔާއިން މެލޭޝިޔާއަށް ދަތުރުކުރި ދެމީހެއްގެ އަތުން 14.34 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށާއި މި ތަކެތީގެ އަގު 170000 އެމެރިކާ ޑޮލަރަށް އަރާ ކަމަށާއި އެތަނުން އެކަކު ދަތުރު ކުރީ ޖޫން 19 ވަނަ ދުވަހު އިންޑިޔާގެ ހައިދްރައާބާދުން ކަމަށާއި އަދި އަނެއްމީހާ ޖޫން 20 ވަނަ ދުވަހު ބެންގަލޫރުން ކަމަށެވެ.
30 އަހަރުގެ މި ދެ މީހުންނަށް ވެސް މަރުގެ ހުކުމް އަންނާނެ ކަމަށް އޮފިޝަލް ހާމަކުރެއެވެ.