ގަޑިއަކަށް ވަކި އަދަދެއްގެ ފީއެއް ނަގައިގެން ދޫކުރަމުން ދިޔަ ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ނިންމައިފިއެވެ.
ޔޫތުމިނިސްޓަރ އަހުމަދު މަހްލޫފް ބުދަ ދުވަހު ކުރައްވައިފައިވާ ޓްއީޓެއްގައި ވިދާޅުވީ މާފަންނު ސްޓޭޑިއަމްގައި ގަޑިއިރަކަށް ވަކި އަދަދަކަށް ފީއެއް ނަގައިގެން ދޫކުރަމުން ދިޔަ ޓާރފް ދަނޑު ޖޫންމަހުގެ 26 ވާ ބުދަ ދުވަހުން ފެށިގެން ހިލޭ އެތަން ބޭނުންވާ ފަރާތްތަކަށް ދޫކުރަމުން ދާނެ ކަމަށެވެ.
ކޮންމެ ދުވަހެއްގެ ވެސް 14:00 އިން ފެށިގެން 18:00 އަށް ދަނޑު ދޫކޮށްފައިވަނީ މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން ( އެފްއޭއެމް) އަށް ކަމަށާއި އަދި އެހެން ގަޑިތަކުގައި އެތަނުގައި ކުޅެން ބޭނުންވާ ފަރާތްތަކަށް ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މިއަދާއި ހަމައަށް ޓާރފް ދަނޑު ދޫކުރަމުން ގޮސްފައިވަނީ ގަޑިއަކަށް 500 ރުފިޔާއިން ފެށިގެން 2000 ރުފިޔާއާއި ދެމެދުގެ ފީއެއް ނަގަމުންކަން ފާހަގަ ކޮށްލެވެއެވެ