ކ. މާލެ
|
3 މާރޗް 2017 | ހުކުރު 03:35
ރާއްޖެ ޓީވީގެ ނޫސްވެރިން ފ.އަތޮޅަށްފުރަނީ
ރާއްޖެ ޓީވީގެ ނޫސްވެރިން ފ.އަތޮޅަށްފުރަނީ
ރާއްޖެ އެމްވީ
ނޫސްވެރިންނަށް އިންޒާރު
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
ރަށުތެރޭގައި ހިނގާ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް ފުލުހުން ވަނީ އެދިފައި
މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމުގެ ޔަގީންވަނީ ދީފައި

ފ. އަތޮޅުގައި ހިނގާ ކަންތައްތަކާއި ގުޅޭ  އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުމަށްޓަކައި އެ އަތޮޅު މަގޫދޫގައި ހަރަކާތްތެރިވާ ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މަގޫދޫގައި ހުރި ރާއްޖެ ޓީވީގެ ރިޕޯޓަރ އަޒްމޫން އަހުމަދު ބުނީ ބުރާސްފަތި ދުވަހުގެ ރޭ 7:55 ހާއިރު އެމީހުން ތިބޭ ގޭ ކައިރިއަށް ފުލުހުންގެ 5 ބޭފުޅަކު ވަޑައިގެން ރާއްޖެޓީވީގެ ނޫސްވެރިންގެ ސަލާމތަަށާއި ފުރާނައަށް ނުރައްކާވާފަދަ ކަމެއް އެރަށުން ހިނގަފާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅިވި ކަމަށެވެ.

އަދި ރަށުތެރޭގައި ހިނގާ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށާއި ރަށުގެ މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމަށްފުލުހުން އެދިފައިވާ ކަމަށް އަޒްމޫން ބުންޏެވެ.

އަޒްމޫން ބުނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގު އިންތައް ފަހަނައަޅާ ދާފަދަ އެއްވެސް ކަމެއް ރާއްޖެ ޓީވީގެ ރިޕޯޓަރުން ނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދީފައިވާނެ ކަމަށެވެ.

އަދި ރަށުގެ މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމުގެ ޔަގީން ކަންވެސް ދީފައިވާނެ ކަމަށް އަޒްމޫން ބުންނެވެ.

ފ އަތޮޅުގައި ހިނގަމުންދާ ކަންކަން ކަވަރ ކުރުމަށް ރާއްޓީވީގެ ޓީމެއް ފ އަތޮޅަށް ފުރާފައިވާކަން  ކޮންމެސް ގޮތަކަށް އެގިގެން ބަޔަކު އެކަން ހުއްޓުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު 10.30 ހާ އިރު އެކި ތަފާތު ނަންބަރުތަކުން ގުޅާ ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ބުނެ ވަނީ އިންޒާދު ދީފައެވެ.

އަދި އެމައްސަލަ ބުރާސްފަތި ދުވަހު  ރާއްޖެ ޓީވީގެ ފަރާތުން  ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ފ. އަތޮޅުގައި ތިބި ޓީމަށް ލިބުނު އިންޒާރުވެސް ސްޓޭޝަންގެ ފަރާތުން މާލޭގައި ހުންނަ ޕޮލިސް އޮފީހަށްވެސް ވަނީ ހުށަހަޅާފައެވެ.

- ކޮމެންޓް
3 މާރޗް 2017 | ހުކުރު 14:13
J
hus dhogu. Intel akas bin tel akas. Magoodhoogai bayakah nurakkaa kuranya kuran thibeyny fuluhun. Magoodhoo gai dhen libey votah balaafa hama jeheyny fithen. Mejority MDP. V vedhun.