ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 23:50
ފ. މަގޫދޫ. ދޮން އައިމިނަ: އެންމެ ކަންބޮޑުވަނީ ފަލަސްތީނަށް ވީގޮތް ވެދާނެތީ
ފ. މަގޫދޫ. ދޮން އައިމިނަ: އެންމެ ކަންބޮޑުވަނީ ފަލަސްތީނަށް ވީގޮތް ވެދާނެތީ
ރާއްޖެއެމްވީ
ފ. އަތޮޅު ދަތުރު
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
 
ފަލަސްތީނަށް ވީ ގޮތް ވެދާނެއަތީ ބިރުގަނޭ
 
ބޭނުންވަނީ މިނިވަން ދިވެހި ރާއްޖެއެއްގެ ފަސްގަނޑުގައި މަރުވެދާން
 
އިޒްރޭލުން ވެސް ފުރަތަމަ ތިބީ ކުޑަ ތަންކޮޅެއްގައި

މިއީ ފ. މަގޫދޫ، އާބަހާރުގޭ، ދޮން އައިމިނަ އެވެ. ދޮން އައިމިނަގެ އުމުރުން 80 އަހަރަށް ވުރެ މަތިވެފައިވާއިރު، މިއަދު ދޮން އައިމިނަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނަކަށް އުފަންވެ، އެތަނަކަށް ފޫޅުކެނޑި ބިން ބޭރު ބައެއްގެ މުށު ތެރެއަށް ދިއުމެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން ފ. އަތޮޅުގައި ހިންގާ ބިޔަ ބޮޑު މަޝްރޫއާ ގުޅޭ ގޮތުން މި އަތޮޅުގެ އެކި މީސްމީހުންގެ ޚިޔާލު ހުރީ އެކި ގޮތްގޮތަށެވެ. އެއްބަޔަކު ތަރައްގީއަށްޓަކައި މި މަޝްރޫއަށް ތާއީދުކުރާއިރު، އަނެއް ބަޔަކު ބުނަނީ ތަރައްގީ ބޭނުންވަނީ ލާން ގެންގުޅޭ މުންޑާއި ގަންޖިފަރާސް ވިއްކާނުލާ ކަމަށެވެ.

ފ. އަތޮޅުގެ ފަޅުތަކަކާއި ރަށެއް ސައުދީ އަރަބިއްޔާ އަށް ވިއްކައިގެން މި މަޝްރޫއު ހިންގުމަށް ދެކޮޅު ހަދާ މީހުން ބުނާ ގޮތުގައި، ތަރައްގީ ބޭނުން ކަމަށެވެ. ނަމަވެސް، އަމިއްލަ ދިރިއުޅުމަށް އަތްފައިކޮށައިގެން ކޮށްފައި ހުރި މަސައްކަތްތައް ދޫކޮށް، ހުޅުމާލޭ ހިއްކި ބިމެއްގައި ކުލީގެ އަޅަކަށް ވާންޖެހޭ ތަރައްގީއެއް ބޭނުންނުވާ ކަމަށެވެ.

ދިމާވާ އެކި މީހުންގެ ވާހަކަ އެކި ގޮތްގޮތަށް ހުރި އިރު، އެންމެ ތަފާތު ވާހަކައެއް ދެއްކީ ދޮން އައިމިނަ އެވެ. އަސައެއްގެ އެހީގައި މަޑު މަޑުން ހިނގަމުން ދޮން އައިމިނަ ބުނީ އަމިއްލަ ފަސްގަނޑުގައި ދިވެހިން އަޅުވެތިވެދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ނެގީ ފަލަސްތީނެވެ. ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ބިމުގައި އަޅުވެތިކޮށް ރެފިއުޖީންނަށް ހަދާލި ގޮތަށް، މި ޖަޒީރާތަކުގައި އުޅޭ ރައްޔިތުންނަށް އެހެން ހަދާލަފާނެތީ ދޮން އައިމިނަ ވަރަށް ކަންބޮޑުވެ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އުދުވާނާއި ރާއްޖޭގެ ހާލަތާ އައިމިނަ ގުޅުވާލި އެވެ. އޭނާ ބުނީ އިޒްރޭލު މީހުން ވެސް ފުރަތަމަ ތިބީ ކުޑަ ތަންކޮޅެއްގައި ކަމަށެވެ. އެއަށްފަހު ފުޅާވަމުން ފެތުރެމުން ގޮސް، ފަލަސްތީނުގެ ބިން އެއްކޮށްހެން މުށު ތެރެއަށް ލައިފި ކަމަށެވެ. ދޮން އައިމިނަ ބުނީ މިއަދު ހިމިއްޗާއި ދެތިން ފަޅެއް ނަގާފާނެ ކަމަށެވެ. ނަމަވެސް، ފުޅާވަމުން ފެތުރެމުން ގޮސް މުޅި ހިސާބުގަނޑު ނަގާފާނެތީ ބިރުގަންނަ ކަމަށެވެ.

ދޮން އައިމިނަ ބުނީ އުމުރުން ދުވަސްވެ، ވަރުދޫވި ދުވަހު ދުނިޔޭގެ ދެކޮޅު ފެނިއްޖެ ކަމަށެވެ. މިނިވަން މި ފަޒާގެ ފިނިފިނި ވައިގެ ތެރެއަށް، ރާޅުބާނީތަކުގެ އަޑު އިވޭ ހިސާބުގައި ދުނިޔޭގައި ދުވަސްތައް ހޭދަކޮށް މަރުވެ ދިއުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އެދުމެވެ. ދޮން އައިމިނަ ވެސް ބޭނުންވަނީ މިނިވަން ދިވެހިރާއްޖެ އެއްގެ ފަސްގަނޑަށް ފަހު ނޭވާ ދޫކޮށްލުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
50%
0%
50%
0%
0%
ކޮމެންޓް
5 މާރޗް 2017 | އާދީއްތަ 12:05
ދޮން ކަތްދަ
ދޮން އައިމިނަގެ ބަހެއްނޫން މީކީ. އެހެންމީހަކު ހަދައިގެން ލިޔެފައިވާ ޚަބަރެއްމީ. އޭނަވެސް ކޮންމެވެސް އެއްޗެއްބުނި. ތިއުޅެނީ މީހަކު ކަމެއް ކޮށްފާނެތީ ބިރަކުންވެސްނޫން. ތިމާ އެދޭމީހާނޫން މީހަކު ފައިދާހުރި ކަމެއް ކޮށްދީފާނެތީ. ކީއްކުރަން ކޮންމެހެން ހުޅުމާލެއަށް އަންނަންވީކީ. އެހާ ފެންވަރުގަ ތަރައްޤީކުރާއިރު ހުޅުމާލެއަށްވުރެ ތަރައްޤީވާނެކަން ޔަގީނެއްނު. އެވެސް ހަދައިގެން ދައްކާ ވާހަކައެއް. .
4 މާރޗް 2017 | ހޮނިހިރު 15:33
ދިން
ދޮން ފާތުމުގެ ހިތުގައި މިގައުމަށް ލޯބި ނެތަސް ދޮންއައިމިނަ އެއީ ހަމަ ފިސާރި ދިވެހި އަންހެން ކަނބުލެއް.
4 މާރޗް 2017 | ހޮނިހިރު 15:27
ތަރައޤީ
80 އަހަރުވީޢިރު ދޮންއައިމިނައަށް ވީކޮންކަމެއްތޯ ތިބުނާ ފަސްގަނޑުގަ ހުރެގެން
4 މާރޗް 2017 | ހޮނިހިރު 14:52
mdp meehe
Saabahey dhon aimina dhaitha.thinoon gotheh dhivehi raahje ah veythoa balaabala dhuniyega thi bi bayaku.emeehun mulhi raahje adhi hifaane