Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 23:46
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން
މުހައްމަދު ޝަރުހާން
ޑިއުޓީ ބޮޑުކުރުން
ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި
މިއަދުން ފެށިގެން އެގާނޫނަށް އަމަލުކުރަންފެށި، ރާއްޖެ އެތެރެކުރާ އެ ބާވަތްތަކުން ވަނީ ޑިއުޓީ ބޮޑުކޮށްފަ

ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ގާނޫނު ރައީސް ޔާމީން ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައި ގެޒެޓްގައި ވަނީ ޝާއިއުކުރައްވައިފަ އެވެ. 

ތަސްދީގުކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށަންޖެހޭ ގޮތަށް އެކުލަވާލި މި އިސްލާހުގައި ބުނެފައިވާ ގޮތުން ސިނގިރެޓް ފޮށްޓަކުން 20ރ. އަދި އެނަޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑުވާނެ އެވެ. އަދި  ކޮންމެ ސިނގިރެޓަކުން ޑިއުޓީގެ ގޮތުގައި ދެ ރުފިޔާ ނަގައި  25 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގާނެ އެވެ. އެހެންވެ، ދެން ސިނގިރެޓެއް ވިއްކާނީ 3.50ރ. އާއި 4.00ރ. އާ ދެމެދުގެ އަގެއްގަ އެވެ. ޑިއުޓީ ބޮޑުކުރުމުގެ ކުރިން ވަކިން ސިނގިރެޓެއް ލިބެނީ 2.50 ރ. އަށެވެ. 

އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މި ބިލް ހުށަހެޅުއްވިއިރި، ބިލްގައި އޮތީ ސޮފްޓް ޑްރިންކާއި އެނަޖީ ޑްރިންކުން ވެސް ލީޓަރަކަށް 4.60ރ. ނަގުމަށެވެ. ނަމަވެސް ކޮމިޓީން ނިންމައި، މަޖިލީހުން ފާސްކޮށްފައިވަނީ  އެނަޖީ ޑްރިންކުގެ ކޮންމެ ލީޓަރަކުން 33.64ރ. ޑިއުޓީގެ ގޮތުގައި ނެގުމަށެވެ.

މީގެ އިތުރުން ބޯ ފެނުން 15 ޕަސެންޓުގެ ޑިއުޓީއެއް ވެސް ނަގަން މަޖިލިހުން ފާސްކޮށް މިއަދުން ފެށިގެން އެއަށް އަމަލުކުރާނެ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާއިރު، 2015 ވަނަ އަހަރު 460 މިލިއަން ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ސިނގިރޭޓް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ސިނގިރޭޓްގެ ޑިއުޓީން 622 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް