ކ. މާލެ
|
24 ޖޫން 2019 | ހޯމަ 09:20
ސައުދީ އަރަބިއްޔާގެ އަމީރް މުހައްމަދު ބިން ސަލްމާން
ސައުދީ އަރަބިއްޔާގެ އަމީރް މުހައްމަދު ބިން ސަލްމާން
ރޮއިޓަރސް
ސައުދީ އަރަބިއްޔާ
އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް ސައުދީ އަމީރު ދެކުނު ކޮރެއާއަށް
 
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގިނަ އެގްރީމެންޓްތަކެއްގައި ސޮއި ކުރެވިގެން ދާނެ
 
ސައުދީ އަމީރުގެ މި ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އާ ބައްދަލުކޮށްލުމަށް ވަނީ ނިންމަވަފައި

އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމުގެ މަޝްވަރާ ބައްދަލުމުއްގައި ބައިވެރިވުމަށް ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ އަމީރު މުހައްމަދު ބިން ސަލްމާން ސައުތު ކޮރެއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ސައުދީ އަމީރުގެ ދެ ދުވަހުގެ މި ދަތުރުފުޅާއެކު މުހައްމަދު ބިން ސަލްމާން ވެގެންދާނީ 1998 ގެ ފަހުން ކޮރެއާއަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއަށެވެ.

ސައުދީ އަމީރުގެ މި ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އާ ބުދަ ދުވަހު ބައްދަލުކޮށްލުމަށް ވަނީ ނިންމަވަފައިއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން ހަކަތައާއި ބެހޭ އެއްބަސްވުމަކާއި، އާންމު ރައްޔިތުންގެ ފައިދާއާގުޅުން ހުރި ތަފާތު އެކި އެއްބަސްވުންތަކުގައި ދެ ޢައުމުގެ މެދުގައި ސޮއިކުރެވޭނެކަމަށް އޮފިޝަލުން ބުނެ އެވެ.

ސައުދީ އަރަބިއްޔާ އަކީ ދެކުނު ކޮރެއާއަށް ތެޔޮ ސަޕްލައި ކުރާ މައި ގައުމެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ވަނީ 101.5 މިލިއަން ފީފާގެ ސާފްނުކުރާ ތެޔޮ އެތެރެކޮށްފައެވެ.

0%
0%
67%
33%
0%
0%
ކޮމެންޓް