ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 23:38
ފިލްމީ ތަރި ރަޔަން ރެނޮލްޑްސްއަށް \"ހޮލީވުޑް ވޯކް އޮފް ފޭމް\" ޝަރަފު ލިބުނު ހަފްލާގައި އާއިލާއާ އެކު
ފިލްމީ ތަރި ރަޔަން ރެނޮލްޑްސްއަށް "ހޮލީވުޑް ވޯކް އޮފް ފޭމް" ޝަރަފު ލިބުނު ހަފްލާގައި އާއިލާއާ އެކު
ގެޓީ އިމޭޖަސް
ހޮލީވުޑް ވޯލް އޮފް ފޭމް
2020 ވަނަ އަހަރުގައި "ހޮލީވުޑް ވޯކް އޮފް ފޭމް"ގެ ޝަރަފު ލިބޭ ފަރާތްތައް އިއުލާންކޮށްފި
މިހާތަނަށް 2،500 ހޮލީވުޑްގެ ތަރިންނަށް "ހޮލީވުޑް ވޯކް އޮފް ފޭމް"ގެ ޝަރަފު ވަނީ ލިބިފައި

ކޮންމެ އަހަރަކުވެސް ހޮލީވުޑްގެ ތަރިންތަކަކަށް "ހޮލީވުޑް ވޯކް އޮފް ފޭމް"ގެ ޝަރަފު ދެއެވެ.

ހޮލީވުޑް ބުލިވަރޑް އަދި ވައިން ސްޓްރީޓްގެ ޕޭވްމަންޓްގައި ހަރު ކުރެވޭ މި "ތަރި" އަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަ ކުރެވޭ ފަރާތްތަކަށް ދޭ ޝަރަފެކެވެ. މިހާތަނަށް 2،500 ހޮލީވުޑްގެ ތަރިންނަށް މި ޝަރަފު ލިބިފައިވާ އިރު، 2020ގައި ލިބޭ ފަރާތްތައް މިހާރު ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން، އަންނަ އަހަރު "ހޮލީވުޑް ވޯލް އޮފް ފޭމް" ލިބޭ ފިލްމީ ދާއިރާގެ ފަރާތްތަކުގެ ތެރޭގައި ޖޫލިއާ ރޮބަޓްސް، އޮކްޓޭވިއާ ސްޕެންސަރ، ކްރިސް ހެމްސްވޯތު، މަހަރޝަލަ އަލީ އަދި ސްޕައިކް ލީ ހިމެނެއެވެ.

ޓީވީއަށް ބަލާއިރު، ޑރ. ފިލް، ވެންޑީ ވިލިއަމްސް، ކެތީ ލީ ގިފޯޑް، މައިލޯ ވެންޓިމިލިއަރ، އޭންޑީ ކޯހެން، ޓޭރީ ކްރޫސް އަދި ސިންޑީ ކްރޯފޯޑް ހިމެނެއެވެ.

އަދި ޕަރފޯމަރުންގެ ތެރޭގައި ފިފްޓީ ސެންޓް، ބިލީ އައިޑަލް، އެލީޝާ ކީސް އަދި އެލްވިސް ކޮސްޓެލޯ ހިމެނެއެވެ.

މި ފަރާތްތަކުގެ ތަރިތައް އިފްތިތާހް ކުރެވޭނެ ދުވަސްތައް އަދި އިއުލާނެއް ނުކުރެއެވެ. ކޮންމެ ތަރިއަކަށް ވެސް ވަކި ހަފްލާއެއް އޮންނާނެއެވެ.

- ކޮމެންޓް