ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 23:41
ނިކީ މިނާޖް އާއި ކެނެތު ޕެޓީ
ނިކީ މިނާޖް އާއި ކެނެތު ޕެޓީ
ގެޓީ އިމޭޖަސް
ނިކީ މިނާޖް
ނިކީ މިނާޖްވެސް ކައިވެނި ކުރަނީ!
ނިކީ އާއި ލޯބިވެރިޔާ ކެނެތު ވަނީ ކައިވެނި ކުރަން ބޭނުންވާ ލައިސެންސް ހޯދާާފައި

އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް، ނިކީ މިނާޖްވެސް ކައިވެނި ކުރަން ތައްޔާރުވެއްޖެއެވެ.

އެޕަލް މިއުޒިކްގައި ކުރިއަށްދާ އޭނާގެ ރޭޑިއޯ ޝޯވކަމަށްވާ "ކުއީން ރޭޑިއޯ"ގައި ވާހަކަ ދައްކަމުން ނިކީ ވަނީ އޭނާއާއި ލޯބިވެރިޔާ ކެނެތު ޕެޓީ ކައިވެނި ކުރަން ލައިސެންސް ނަގާފައިވާ ކަމަށެވެ.

ކެނެތުގެ އަންހެނުންނަށް އޭނާ ހަދަން ބޭނުންވާކަމަށްވެސް ނިކީ ބުންޏެވެ. ނަމަވެސް، ކައިވެނީ ކުރާ ދުވަހެއް އޭނާ ބުނެފައެއް ނުވެއެވެ.

ނިކީ ބުނީ، މުޅި އުމުރުގައި ވެސް ހޯދަމުން ދިޔައީ "އުފާވެރިކަން" ކަމަށާއި، "މިހާރު އެ ހިސާބަށް ދެވުމުން އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވޭ"ކަމަށެވެ.

ނިކީ އާއި ކެނެތު ފުރަތަމަ ދިމާވެފައިވަނީ އޭނާގެ އުމުރުން 16 އަހަރުގައެވެ. ފަހުން ދެ މީހުން ވަކިވެފައިވާއިރު، އަލުން ގުޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ދެ މީހުން އަލުން ގުޅުމުން ނިކީގެ ފޭނުން ވަރަށް ކަންބޮޑުވި އެވެ. ސަބަބަކީ، ކެނެތުއަކީ ބޮޑެތި ކުށް ސާބިތުވެފައިވާ މީހަކަށް ވާތީއެވެ. އެގޮތުން، 1995 ވަނަ އަހަރު، އޭނާއަށް 16 އަހަރުގައި، އަންހެނަކު ރޭޕް ކުރަން އުޅުނުކަން ވަނީ ސާބިތުވެފައެވެ. އަދި ބަޑި ޖަހާ މީހަކު މެރިކަމަށް އޭނާއަށް ހުކުމްކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. އޭނަ މިނިވަން ވެފައިވަނީ 2013 ވަނަ އަހަރު އެވެ.

- ކޮމެންޓް