Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 22:00
އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ ތަކެތި ނަގަނީ
އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ ތަކެތި ނަގަނީ
ރާއްޖެއެމްވީ
އެމްޑީޕީ
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
ހަރުގެއަށް ވަނީ ބިރު ދައްކަން
ފުލުހުން ގެންދިޔައީ ފޮތިގަނޑަކާއި ކުލަތަކެއް

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާފަދަ އެއްވެސް އެއްޗެއް އެމް.ޑީ.ޕީ ހަރުގެއިން ނުފެނުމުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑީ.ޕީން ބޭނުންކުރަމުން އަންނަ މުދާ  ފުލުހުން ގެންދިއުމަކީ އެ ޕާޓީން ކުރަމުންގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުރަސްއެޅުން ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ އެޕާޓީގެ ހަރުގެއަށް ފުލުހުން ވަދެ ބުދަ ދުވަހުގެރޭ ގެންދިޔަ ތަކެތި އަނބުރާ ދިނުމަށް ގޮވާލާ ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭރުގެ ޤައުމުތަކުގެ އެކިވެރިންނާއި ޢިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީވެ އެޤައުމުތަކުގެ ސިޔާދަތާއި ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޤަދަރާއި ޢިއްޒަތަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައިކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެރޭ އެމް.ޑީ.ޕީ ހަރުގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވަނީ އެ ޕާޓީއަށާއި އާންމު މެމްބަރުންނަށް ބިރުދެއްކުމަށާއި، ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ އިހުތިޖާޖުތަކުގެ އަޑު ކަނޑުވާލުމަށާއި، ޢަބްދުﷲ ޔާމީންގެ އެދުމުގެ މަތީން ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްކަމަށްވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރާ ކަމަށެވެ. 

ބުދަ ދުވަހުގެ ރޭ ފުލުހުން އެމް.ޑީ.ޕީ ހަރުގެއަށް ވަދެ ދެ ގަޑިއެއްހާއިރުވަންދެން މުޅި ހަރުގެ ހުންނަ ޢިމާރާތް ފާސްކޮށް ނިންމައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް އެތަނުގެ ތެރޭގައި ނުހިނގާތީވެ، އެމް.ޑީ.ޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ބޭނުންކުރާ އެއްވެސް އެއްޗެސް ލިޔެފައި ނެތް ފޮތިގަނޑުތަކާއި ބެޓިކް ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. 

ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ މި ދުވަސްވަރުގައި، ފ. އަތޮޅު ވިއްކާލުމާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށްބުނެ ފުލުހުން ބުދަ ދުވަހު ވަނީ ބަޔާނެއް ނެރުނެވެ. އެ ބަޔާން ނެރުނީ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީގެ ހަރުގެ ވެސް ފާސްކުރި އެވެ. 

އެމް.ޑީ.ޕީ ހަރުގޭގައި ގާނޫނާ ޚިލާފް އެއްވެސް ކަމެއް ހިންގާފައިނުވާ ހިނދު އަދި ޕާޓީގެ އިންތިޚާބީ މަސައްކަތަށް ބޭނުންވާ ތަކެތި މިހާރުން މިހާރަށް އެ ޕާޓީއާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާ ކަމަށެވެ. ފުލުހުންގެ މަސައްކަތަކީ ވަކި ފަރާތެއްގެ ސިޔާސީ މަޤްޞަދު ޙާޞިލްވާނެ ގޮތަށް މަސައްކަތްކުރުން ނޫން ކަމަށްވާތީވެ، އިންސާފުން ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިލްތިމާސް ކުރާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް