ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 10:53
އެމެރިކާގެ ރަޢިސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރަޢިސް ޑޮނަލްޑް ޓްރަމްޕް
މުހައްމަދު ޝަރުހާން
އެމެރިކާގައި ގަވައިދާ ހިލާފަށް އުޅުން
އެމެރިކާގައި ގަވައިދާހިލާފަށް އުޅޭ މީހުން ޑީޕޯޓް ކުރުމުގެ އޮޕަރޭޝަން މަޑުޖައްސާލުމަށް ޓްރަމްޕް ނިންމަވައިފި
 
ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާ އެކު ވެސް އެމެރިކާ-މެކްސިކޯގެ ބޯޑަރު ހުރަސްކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ
 
ދެ ޕާޓީއަށް މި ކަމުގައި ހައްލެއް ނުހޯދިއްޖެ ނަމަ "ޑީޕޯޓް ކުރުން ފެށޭނެ"
 
ދެ ހަފްތާގެ މުއްދަތަށް އޮޕަރޭޝަން ލަސްކޮށްލީ ގާނޫނު ހަދާ މަޖިލީހަށް ވަގުތު ދިނުމަށް

އެމެރިކާގައި ގަވައިދާހިލާފަށް އުޅޭ މީހުން ޑީޕޯޓް ކުރުމުގެ އޮޕަރޭޝަން މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ނިންމަވައިފިއެވެ.

ހޮނިހިރު ދުވަހު ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދެ ހަފްތާގެ މުއްދަތަށް އެ އޮޕަރޭޝަން ލަސްކޮށްލީ ގާނޫނު ހަދާ މަޖިލީހަށް ވަގުތު ދިނުމަށް ކަމަށެވެ. އަދި މި މުއްދަތު ތެރޭގައި ދެ ޕާޓީއަށް މި ކަމުގައި ހައްލެއް ނުހޯދިއްޖެ ނަމަ "ޑީޕޯޓް ކުރުން ފެށޭނެ" ކަމަށް ވެސް ޓްރަމްޕުގެ ޓްވީޓްގައި ވެއެވެ.

ޓްރަމްޕް މި ނިންމުން ނިންމާފައި ވަނީ އެމެރިކާގެ ހައުސް އޮފް ރެޕޮރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޯސީ ހުކުރުދުވަހު މި އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައްވާފައި ވަނިކޮށެވެ.

އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ދެއްވަމުން ތިން އޮފިޝަލަކު ވިދާޅުވެފައި ވަނީ މި އޮޕަރޭޝަން މަޑުޖައްސާލާފައި މި ވަނީ މި އޮޕްރޭޝަންގެ ތަފްސީލްތައް ލީކުވެ އޮފިޝަލުންގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ.

ޑީޕޯޓް ކުރުމުގެ އޮޕަރޭޝަން ހުއްޓާލުމަށް ޓްރަމްޕަށް ފިއްތުންތަށް ކުރިމަތި ކުރުމަށް ޕެލޯސީ ހޮނިހިރު ދުވަހު ވަނީ އެމެރިކާގެ ދީނި ލީޑަރުންނަށް ގޮވާލައްވާފައެވެ. ނޫން ނަމަ އެމެރިކާގެ 10 އަކަށް ވުރެ ސިޓީގައި ބިރުވެރިކަން އުފެދިދާނެ ކަމަށް ވެސް ޕެލޯސީ ވަނީ ވިދާޅުވެފައި ވެއެވެ.

ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާ އެކު ވެސް އެމެރިކާ-މެކްސިކޯގެ ބޯޑަރު ހުރަސްކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

0%
0%
0%
33%
67%
0%
ކޮމެންޓް